ޕާސްޕޯޓަށް އެދި ފޯމު ހުށަހަޅާއިރު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ބަދަލުތައް ގެނެސްފައިވާ ފޮޓޯތައް ބަލައިނުގަންނާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، އޭއައިގެ އެހީގައި ޕާސްޕޯޓް ފޮޓޯ އެޑިޓް ކުރުމަކީ ކަނޑައެޅިފައިވާ އުސޫލުތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަދި މިފަދަ ފޮޓޯތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބަލައިނުގަނެ ރިޖެކްޓް ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އެހެންކަމުން ޕާސްޕޯޓަށް އެދޭ އެންމެހާ ފަރާތްތަކުން ވެސް އެއްވެސް ބަދަލެއް ނުގެންނަ، އަސްލު ފޮޓޯ ހުށަހެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އިމިގްރޭޝަނުން މިހެން ބުނެފައިވާއިރު، އޮންލައިންކޮށް ޕާސްޕޯޓަށް އެދޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ހަމައެއާއެކު، ފޮޓޯ ރީތިކުރުމަށާއި އެކި ބަދަލުތައް ގެނައުމަށްޓަކައި އޭއައި އެޕްލިކޭޝަންތައް ބޭނުންކުރުން އާންމުންގެ މެދުގައި ބޮޑުތަނުން ވަނީ އިތުރުވެފައެވެ.
ޕާސްޕޯޓް ފޮޓޯއަކީ އިންސާނާގެ ބައިއޯމެޓްރިކް މައުލޫމާތު ދެނެގަތުމަށް ބޭނުންކުރާ ރަސްމީ ލިޔުމަކަށް ވާތީ، އޭގައި ހުންނަ މީހާގެ އަސްލު ސިފަތަކަށް ބަދަލު އަންނަ ގޮތަށް އެޑިޓްކުރުމަކީ ސަލާމަތީ ގޮތުންނާއި އުސޫލީ ގޮތުން ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

BEL
EGY
COL
ކިޔުންތެރިންގެ ހިޔާލު