ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގަވައިދާ ޚިލާފަށް ކުނި އުކައިދިނުމުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިއްޔެ ހެނދުނު 08:45 ހާއިރު ހިންގި މި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްގެ ދެ ރައްޔިތުންނެވެ. މި މައްސަލާގައި ހިފަހައްޓާފައިވަނީ އުމުރުން 43 އަހަރުގެ އެމްޑީ ހަބީބު އުލާހު އާއި 39 އަހަރުގެ އެމްޑީ މޮރިން އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދެ މީހުންނަކީ ވެސް ރާއްޖޭގައި މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ވިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދިޔަ ދެ މީހުންނެވެ.
އެގޮތުން، އެމްޑީ މޮރިން އަކީ "ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް" ގެ ދަށުން މޭސަނެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ވިސާ ލިބިފައިވާ މީހެކެވެ. އަދި އެމްޑީ ހަބީބު އަކީ "އޭޔޫ ފެހުން" ކިޔާ ތަނެއްގެ ދަށުން ފަހާ މީހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ވިސާ އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، މި ދެ މީހުން އުޅެމުންދިޔައީ އެ މީހުންނަށް ދޫކޮށްފައިވާ ހުއްދައާ ޚިލާފަށް، އަމިއްލައަށް ހުޅުމާލޭގައި ކުނި އުކާލުމުގެ ވިޔަފާރި ކުރާށެވެ.
ފުލުހުން މި ދެ މީހުން ހިފަހައްޓާފައިވަނީ ކުނި އުފުލުމަށް ބޭނުންކުރާ ޕިކަޕަކާ އެކުގައެވެ. މި މީހުންގެ އަމަލުތަކަކީ ރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި، ކުނި މެނޭޖުކުރުމުގެ ގާނޫނުގެ އިތުރުން ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނާއި ވަޒީފާއާބެހޭ ގާނޫނާ ކަނޑައެޅިގެން ޚިލާފު ކަންތައްތަކެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބުނީ، އިމިގްރޭޝަން ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، މިހާރު މި ދެ ބިދޭސީން މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

BEL
EGY
COL
ކިޔުންތެރިންގެ ހިޔާލު