މާލެއަކީ ދިވެހި ސަރުކާރު ހިންގާ މަރުކަޒު ކަމަށްވާތީ، މާލޭގައި ސިޓީ ކައުންސިލެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށާއި، އެ ކައުންސިލް މިހާރުން މިހާރަށް އުވާލަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އުމަރު ނަސީރު ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކުގެ ކެޕިޓަލް ސިޓީ ނުވަތަ ވެރިކަން ކުރާ ރަށްތަކުގައި ސިޓީ ކައުންސިލްތައް ނުހުންނަ ކަމަށެވެ. މާލެއަކީ ދައުލަތުގެ ހުރިހާ ވަޒީރުންނާއި، މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލިސްވެސް ހިމެނޭ ގޮތަށް ސަރުކާރުގެ "ސީޓް އޮފް ގަވަމަންޓް" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިތަނުގަ ސަރުކާރު އެބައޮތް. ހުރިހާ މިނިސްޓްރީތަކެއް އެބައޮތް. ޕާލިމެންޓު އެބައޮތް. މާލޭގެ ސަރަހައްދަށް 11 މަޖިލިސް މެމްބަރުން އިންތިހާބު ކޮށްފަ އެބަތިބި. އެހެންވީމަ މިތަނަށް ދެން ކޮން ސިޓީ ކައުންސިލެއްތޯ އިތުރަށް ބޭނުންވަނީ؟" އުމަރު ސުވާލު އުފެއްދެވިއެވެ.
ލާމަރުކަޒީ ނިޒާމަކީ ސަރުކާރުގެ ހިދުމަތްތައް ސީދާކޮށް ލިބުމަށް ދަތިވާ އަތޮޅުތެރޭގެ ރަށްތަކަށް ބޭނުންތެރި ނިޒާމެއް ނަމަވެސް، މާލޭގެ ހާލަތު ތަފާތު ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މާލޭގައި ސިޓީ ކައުންސިލެއް އޮންނާތާ 15 ވަރަކަށް އަހަރު ވެފައިވާއިރު، އެކި ޕާޓީތަކުން ކައުންސިލް ހިންގި ނަމަވެސް ރައްޔިތުންނަށް ފެންނަ ވަރުގެ ނަތީޖާއެއް ނެރެދެވިފައެއް ނުވެއެވެ.
މިސާލެއްގެ ގޮތުން އުމަރު ދެއްކެވީ މާލޭގެ ބޮނޑިބަތް ޕާކު ސަރަހައްދު އޮތް ބޭކާރު ގޮތެވެ. އޭނާ ވިދާޅުވީ މާލެއަށް ކަމެއް ވެފައި އޮތީ ސަރުކާރުން އެކަމެއްގެ ތެރެއަށް ވަދެގެން ކަމަށެވެ. އެގޮތުން ރައީސް ޔާމީނުގެ ސަރުކާރުގައި މަގުތައް ހެދުމާއި، އެމްޑީޕީ ސަރުކާރުގައި ބްރިޖު ސަރަހައްދުގައި ހެދި ބަގީޗާ ފަދަ ކަންކަމަކީ ސަރުކާރުން ބާރުވެރިކަން ނަގައިގެން ކުރި ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.
"މާލޭ ސިޓީ ކައުންސިލަކަށް ނުކުރެވޭނެ އެއްވެސް ކަމެއް ސަރުކާރާ ސީދާ އެމީހުންނާ ދިމާނުވާ ހާލަތެއް އައިއްސިއްޔާ. މި ނިޒާމުގަ އެކަމެއް ދިމައެއް ނުވާނެ. އެހެންވީމަ މާލޭގެ ރައްޔިތުންނަށް ހިދުމަތެއް ބޭނުން ކަމަށްވަންޏާ މާލޭ ސިޓީ ކައުންސިލް އުވާލާފަ، އެދުވަހަކު އޮންނަ ސަރުކާރެއްގެ ދަށަށް މާލޭގެ ކަންކަން ބަދަލުކުރަންޖެހޭ،" އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރު އިތުރަށް ވިދާޅުވީ، މާލޭގައި މިހާރުވެސް އެކަށީގެންވާ ވަރަށް ސަރުކާރުގެ އޮފިޝަލުންނާއި، މުއައްސަސާތަކާއި، ސިވިލް ސާވަންޓުން ތިބި އިރު، އިތުރު ލެވެލްއެއްގެ ގޮތުގައި ސިޓީ ކައުންސިލެއް އޮތުމަކީ ދިވެހިރާއްޖެއަށް މިވަގުތު ބޭނުންވާ މޮޑެލްއެއް ނޫން ކަމަށެވެ.

ENG
ESP
BEL
ކިޔުންތެރިންގެ ހިޔާލު