މާފުއްޓަށް މިއަދު ޒިޔާރަތްކުރި ފަތުރުވެރިން (ފޮޓޯ: ސޯޝަލް މީޑިއާ)
މާފުއްޓަށް މިއަދު ޒިޔާރަތްކުރި ފަތުރުވެރިން (ފޮޓޯ: ސޯޝަލް މީޑިއާ)
ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގެސްޓު ހައުސްތަކާއި ސަފާރީތަކަށް ދެވޭގޮތަށް ހަމަޖައްސައިފިއެވެ.

މީގެ ކުރިން ރާއްޖޭގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް ޗުއްޓީ ހޭދަކުރެވެނީ ޗުއްޓީ ހޭދަކުރާ ރިސޯޓުގެ އިތުރުން އެހެން ރިސޯޓުތަކުގައެވެ. ނަމަވެސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ، "ސްޕްލިޓް ސްޓޭ" ޤަވާއިދުގެ ދަށުން މިނިސްޓްރީން ކުރިޔާލާދޭ ޚާއްސަ ހުއްދައާއެކު ސަފާރީތަކާއި، ގެސްޓު ހައުސްތަކާއި ހޮޓާތަކުގައި ފަތުރުވެރިންނަށް މިހާރު މަޑުކުރެވޭނެ ކަމަށެވެ.



އެ މިނިސްޓްރީން ބުނީ ސްޕްލިޓް ސްޓޭ ޤަވާއިދުގެ ދަށުން އެ ހުއްދަ ދިނުމަށް އެޗްޕީއޭއިން މިހާރު ނިންމާފައިވާ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރ މި އަހަރުގެ މާޗުމަހުގެ 27 ގައި ބަންދު ކުރުމަށްފަހު، ޖުލައި މަހުގެ 15 ގައި ފަތުރުވެރިކަމަށް އަލުން ހުޅުވާލައި، ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަން ފަށާފައިވާއިރު، މިހާތަނަށް 119 ސަފާރީއެއް އޮޕަރޭޓްކުރުމުގެ ހުއްދަ ދީފައިވެއެވެ. އަދި ނުވަ ރަށަކުން 29 ގެސްޓުހައުސް ހުޅުވުމަށް ވެސް ވަނީ ހުއްދަދީފައެވެ.
ހަމައެއާއެކު ރާއްޖޭގައި މިވަގުތު ހިންގާ އެންމެ ބޮޑު ހޮޓާ ކަމަށްވާ މާފުށީ ކާނި ޕާމް ބީޗުން ބުނެފައިވަނީ، އެ ހޮޓަލަށް މިއަދު އެކަނިވެސް 38 ފަތުރުވެރިން ޗުއްޓީހޭދަކުރުމަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިއީ 15 އޮކްޓޯބަރ ގައި ގެސްޓްހައުސްތައް ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އެއްދުވަހެއްގައި އެ ހޮޓަލަށް ޒިޔާރަތްކުރި ފަހަރު ކަމަށް އެ ހޮޓަލުން ވަނީ ބުނެފައެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި މަހުގެ ފަހު 15 އިގެ ފަހުން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 958 ފްލައިޓް މޫވްމަންޓް ރާއްޖޭގެ ވައިގެ ސަރަޙައްދުގައި ހިނގާފައިވާއިރު، މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 31801 ފަތުރުުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު