ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީކުރުމުގައި، ދިވެހިންގެ ރީތި އާދަތައް ހިމާޔަތްކޮށްގެން ކުރިއަށް ދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މިގޮތަށް އިލްތިމާސްކުރައްވާފައިވަނީ މިއަދު ފާހަގަކުރަމުންދާ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ އެ ސިނާއަތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް ފޮނުއްވަމުން ރައީސް ވަނީ އެ ފަރާތްތަކުގެ އަގުހުރި ޚިދުމަތަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ ފަތުރުވެރިކަން ރާއްޖޭގައި އިތުރަށް ތަރައްގީކުރުމުގައި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ގައުމުގެ އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތްކޮށްގެން ކުރިޔަަށް ދިޔުމަށް އެ ސިނާއަތާ ގުޅޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ރާއްޖޭގައި ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3 ގައެވެ.



ކިޔުންތެރިންގެ ހިޔާލު