ރާއްޖޭގެ ބާޒާރުގައި ތާޒާ ކާބޯތަކެތި ފޯރުކޮށްދިނުމުގައި އިތުބާރު ހޯދާފައިވާ މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މަގުބޫލު "އުފަންވެލި" ފިހާރައިގެ އައު އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މިއީ އެ ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކޮށް، ތާޒާ ކާބޯތަކެއްޗާއި ގޭބިސީއަށް ބޭނުންވާ ޒަރޫރީ ސާމާނު ހުޅުމާލޭގެ ރައްޔިތުންނަށް ވީހާވެސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މަޑިހާ ކުންފުނިން އެޅި ވަރަށް މުހިންމު ފިޔަވަޅެކެވެ.

އުފަންވެލި އައު ފިހާރަ


ހުޅުމާލެ ފޭސް 1 ގެ ބޮކަރުމާ ހިނގުމުގައި ހުންނަ މި އައު ފިހާރަ ރަސްމީކޮށް ހުޅުވީ މިމަހު 02 ވަނަ ދުވަހުއެވެ. މި އައު ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ އެކި ބޭނުންތަކަށް ބޭނުންވާ ސާމާނު އެއް ފުރާޅެއްގެ ދަށުން ލިބޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ "ވަން-ސްޓޮޕް" މަންޒިލެކެވެ. މި ފިހާރައިގައި ހާއްސަ އިސްކަމެއް ދީގެން ފެންވަރު ރަނގަޅު މަހުގެ ބާވަތްތަކާއި، ތާޒާ މޭވާއާއި ތަރުކާރީގެ އިތުރުން ގޭބިސީތަކަށް ބޭނުންވާ އެންމެހާ ކާބޯތަކެތި ލިބެން ހުންނާނެއެވެ.

މި ފިހާރައަށް ޒިޔާރަތްކުރައްވާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޚިދުމަތްތަކެއް ލިބިވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ތާޒާ މަހުގެ ބާވަތްތަކާއި، ގަނޑުކުރި ކާބޯތަކެއްޗާއި، ބޭރު ގައުމުތަކުން އެތެރެކުރާ މަތީ ފެންވަރުގެ މޭވާއާއި ތަރުކާރީ ހިމެނެއެވެ. މީގެ އިތުރުން ދުވަހުން ދުވަހަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތަކާއި، ގޭތެރޭގެ ބޭނުންތަކަށް ހާއްސަ އެކި ކަހަލަ ސާމާނުވެސް މި ފިހާރައިން ލިބެން ހުންނާނެއެވެ. އަދި ރާއްޖެއިން ބޭރުން އެތެރެކުރާ ހާއްސަ ބްރޭންޑްތަކުގެ ކާބޯތަކެތި ވެސް މި އައުޓްލެޓުން ލިބޭނެ އިންތިޒާމު މަޑިހާ ކުންފުނީން ވަނީ ހަމަޖައްސާފައެވެ.

ެއުފަންވެލި އައު ފިހާރަ


މަޑިހާ ކުންފުނީގެ މަންދޫބަކު ވިދާޅުވި ގޮތުގައި، ހުޅުމާލެއަކީ ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ އަދި އާބާދީ އިތުރުވަމުންދާ ރަށަކަށް ވުމާއެކު، އެ ކުންފުނީގެ މަގުސަދަކީ ފެންވަރު ރަނގަޅު ތާޒާ އުފެއްދުންތައް ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުން ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ. މި އައު ފިހާރައަކީ ފެންވަރު ރަނގަޅު މުދާ ކަސްޓަމަރުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށާއި، ހުޅުމާލޭގައި ވިޔަފާރިކުރުމުގެ ލުއިފަސޭހަކަން އިތުރުކުރުމަށް އުފަންވެލި ފިހާރަތަކުން ދެމުންގެންދާ ސަމާލުކަން ރަމްޒުކޮށްދޭ ތަނެކެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އުފަންވެލި ފިހާރަތަކުން ވަނީ މެދުކެނޑުމެއް ނެތި މުދާ ފޯރުކޮށްދިނުމާއި، ފެންވަރު ރަނގަޅު ތަކެތި ހެޔޮ އަގުގައި ވިއްކުމުގެ ސަބަބުން ކަސްޓަމަރުންގެ ބޮޑު އިތުބާރެއް ހޯދާފައެވެ. ހުޅުމާލޭގައި މި ގާއިމްކުރާ އައު އައުޓްލެޓަކީ ކަސްޓަމަރުންގެ އިތުރުވަމުންދާ ބޭނުންތަކަށް އިޖާބަދިނުމުގެ ގޮތުން އެ ކުންފުނިން ކުރާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

ހުޅުމާލެ ފޭސް 1، ބޮކަރުމާ ހިނގުމުގައި ހުންނަ މި އައު އުފަންވެލި ފިހާރައަށް ޒިޔާރަތްކޮށް، އެއް ފުރާޅެއްގެ ދަށުން ތަފާތު ގިނަ ބާވަތްތަކުގެ މުދާ ބައްލަވައިގަތުމަށް މަޑިހާ ކުންފުނިން ވަނީ ހުޅުމާލޭގެ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު