މަރްޔަމް ނަހްދާ ވަޙީދު   5 ޖުލައި 2026 - 13:5
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު
ސަރުކާރުން އުފައްދާފައިވާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އަކީ ހަމައެކަނި ކަރުދާހުގައި އޮތް "ޚިޔާލީ" ތަނެއްގެ ގޮތުގައި ސިފަކުރައްވައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖަމީލް ވަނީ ޑިވެލޮޕްމަންޓް ބޭންކުގެ ނަމުގައި ހަގީގަތުގައި ބޭންކެއް އެބަހުރިތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ. "ޚިޔާލީ ގޮތުން ރެޖިސްޓަރީ ކޮށްފައި ކަރުދާހުގައި އޮތް ތަޞައްވުރެއް ނޫންތޯ އެއީ؟" އޭނާ ސުވާލު ކުރެއްވިއެވެ. މީގެ އިތުރުން ދައުލަތުގެ އިމާރާތެއް އެއްވެސް ކަމެއް ނުކޮށް ހުހަށް ބަހައްޓައިގެން ރައްޔިތުންގެ ފައިސާ ބޭކާރު ކުރަމުންދާ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިފަދަ ހަރުކަށި ބަސްތަކުން ސަރުކާރަށް ފާޑުވިދާޅުވެފައި މިވަނީ، އެ ބޭންކުގެ ޗެއާޕާސަން އަރޫނީ ގޫނަތިލަކަ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަރޫނީ އިސްތިއުފާ ދެއްވާފައި މިވަނީ އެ ބޭންކުގެ ހިންގުމާ މެދު ގިނަ ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގައި މި ބޭންކު އިފުތިތާހުކޮށް، މިއަހަރުގެ ޖެނުއަރީ މަހު ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް، މިހާތަނަށް އަމަލީ ގޮތުން އެއްވެސް ޚިދުމަތެއް ފެށިފައެއް ނުވެއެވެ. އެންމެ ފަހުން އާންމުކުރި އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، ޚިދުމަތް ނުފެށި އޮތް ނަމަވެސް ބޭންކަށް ފުރަތަމަ އަހަރު 2.3 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައެވެ.

ޖަމީލް ވިދާޅުވި ގޮތުގައި މި ބޭންކުގެ މުޅި މަޝްރޫއުން ރަމްޒުކޮށްދެނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިގްތިސާދީ ވަޒީރު މުހައްމަދު ސައީދުގެ "މޮޔަކަމާ ނާގާބިލުކަން" ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު