އައްޑޫ ސިޓީ ހިތަދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، "ޑްރަގް އައްޑާ" އެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ "މައިލޯސިޓީ" ގެ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން ބަންދުކޮށްފިއެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެ ގެ ބަންދުކުރުމަށް ކޯޓުން އަމުރު ނެރެފައިވަނީ އިއްޔެއެވެ. ފުލުހުން ބުނީ، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަކަށް އެތަން ބަންދުކޮށް، އެތަނަށް މީހުން ވަދެއުޅުން ވަނީ މަނާކޮށްފައި ކަމަށެވެ.
ކޯޓުން މި އަމުރު ނެރެފައިވަނީ އެތަނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެތަކެއްޗާއި، ހަށިގަނޑަށް މަސްތުވާތަކެތި އިންޖެކްޓް ކުރުމަށް ބޭނުންކުރާ އާލާތްތައް ފޯރުކޮށްދީ، މަސްތުވާތަކެތި ބޭނުންކުރުމަށް ފުރުސަތު ދެމުންދާ ތަނަކަށްވާތީއެވެ. މީގެ އިތުރުން، އެ ގޭގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިއުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫއަރައި، ބަޔަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އޭގެއިތުރުން ކޯޓު އަމުރުގައި ބުނެފައިވަނީ، "މައިލޯސިޓީ" އަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަނެއް ކަމަށެވެ. އަދި އެ ގެ ހިމެނޭ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި، މީހުން ރަހީނުކުރުމާއި، ވައްކަން ކުރުން ފަދަ ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަންނަމުންދާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މި ގެ ބަންދުކުރިއިރު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ "މައިލޯ" ގްރޫޕްގެ އިސް މީހުން ހިމެނޭހެން ފަސް މީހަކު މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ އަލީ ނަދީމް (މައިލޯ ނަދަމާ)، 30އ، ކޮންމުލި، ސ. ހިތަދޫ އާއި، ހާފިޒު ފައުޒީ، 31އ، ފަލާހް، ސ. ހިތަދޫ އާއި، އިބްރާހިމް ސިރާޖު، 43އ، ވެޔޮފެހެބުރުގެ، ސ. ހިތަދޫ އާއި، ހަސަން އަލްފާފް، 28އ، ދޮރުފޮތިމާގެ، ސ. ހިތަދޫ އަދި އަމީން މުހައްމަދު، 23އ، ކެކުރިމާގެ، ސ. ހިތަދޫ އެވެ،
މި މީހުން ހައްޔަރުކުރީ 2017 ވަނަ އަހަރުން ފެށިގެން އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތައް މިލިއަން ރުފިޔާއެއް ދައުރުކުރި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް، ފަހުން ހެކި ނެތް ކަމަށް ބުނެ ކޯޓުން ވަނީ މި އެންމެން ދޫކޮށްލާފައެވެ. އެ މައްސަލަ މިހާރު ހައިކޯޓުގައި އިސްތިއުނާފު ކުރެވި، އަޑުއެހުންތައް ވަނީ ފަށާފައެވެ.
"މައިލޯސިޓީ" ބަންދުކުރިއިރު، މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަދެއުޅޭ ހިތަދޫގެ އެހެން ގެއެއްވެސް ދާދި ފަހުން ވަނީ ބަންދުކޮށްފައެވެ. މިއީ އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ވަބާ ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

ARG
ކިޔުންތެރިންގެ ހިޔާލު