ބޮސްނިއާ އެންޑް ހެރްޒެގޮވީނާ ބަލިކޮށް، އެމެރިކާގެ ގައުމީ ޓީމު ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
ބުދަ ދުވަހު ކުޅުނު މިމެޗުގައި މޮޅަށް ކުޅެ މެޗު ކޮންޓްރޯލް ކުރީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އެމެރިކާއެވެ. ދެވަނަ ހާފުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް، އެމެރިކާއިން މިމެޗު ކާމިޔަބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުން ލީޑާއެކުގައެވެ.
މެޗުގެ 44 ވަނަ މިނެޓުގައި ފޯލަރިން ބަލޮގަން އެމެރިކާއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ނަމަވެސް، ދެވަނަ ހާފުގެ 19 ވަނަ މިނެޓުގައި އޭނާއަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ބޯޅަ ހޯދުމަށް ކުރި މަސައްކަތުގެ ތެރޭގައި ބޮސްނިއާގެ ޑިފެންޑަރެއްގެ ފައިގެ ކޮޅަށް އެރުމާ ގުޅިގެން، ވީއޭއާރުގެ އެހީގައި ރެފްރީ ރަފައެލް ކްލޯސް ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.
ދަނޑުމަތީގައި އެއް ކުޅުންތެރިއަކު މަދުވި ނަމަވެސް، މަލިކް ޓިލްމަން ފޮނުވާލި ހިތްގައިމު ހިލޭ ޖެހުމަކުން އެމެރިކާއިން ވަނީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.
މި ނަތީޖާއާއެކު ބޮސްނިއާ މުބާރާތުން ކެޓުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވީ އިޓަލީއަށެވެ. ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީއަށް މިއަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ގެއްލުނީ، ޔޫރަޕްގެ ކޮލިފައިން ޕްލޭއޮފްގައި ބޮސްނިއާ އަތުން ބަލިވެ ކަޓަން ޖެހުމާ ގުޅިގެންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު