މެޓާ ކުންފުނީގެ މަޝްހޫރު މެސެޖިންގް ޕްލެޓްފޯމް، ވަޓްސްއެޕް ބޭނުންކުރާ 3 ބިލިއަނަށްވުރެ ގިނަ މީހުންނަށް، ފޯނު ނަންބަރު ހިއްސާނުކޮށް މުއާމަލާތް ކުރެވޭނެ އައު ފީޗާއެއް ތައާރަފުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.
މިކަމާ ގުޅޭގޮތުން ވަޓްސްއެޕްގެ ވައިސް ޕްރެޒިޑެންޓް އޮފް ޕްރޮޑަކްޓްސް، އެލިސް ނިއުޓަން-ރެކް ހާމަކުރެއްވި ގޮތުގައި، ކޮންމެ ބޭނުންކުރާ ފަރާތަކަށްވެސް އަމިއްލަ ޚާއްސަ 'ޔޫޒާނޭމް' އެއް ކަނޑައެޅުމުގެ އިޚުތިޔާރު ވަރަށް އަވަހަށް ލިބިގެންދާނެއެވެ. މި އައު ބަދަލާއެކު، ފޯނު ނަންބަރު ހާމަކުރުމުގެ ބަދަލުގައި ޔޫޒާނޭމް ބޭނުންކޮށްގެން އެހެން މީހުންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މި ފީޗާގެ ސަބަބުން ކަސްޓަމަރުންގެ ޕްރައިވެސީ ނުވަތަ އަމިއްލަ މިނިވަންކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ. ވަޓްސްއެޕުން މައުލޫމާތު ދޭ ގޮތުގައި، ޔޫޒަރުން ހޯދުމަށް ބޭނުންކުރާނެ އާންމު ޑިރެކްޓަރީއެއް ނުވަތަ ފަސޭހައިން 'ސާޗް' ކުރެވޭނެ އިންތިޒާމެއް މި ފީޗާގައި ނުހިމެނެއެވެ. އެހެންކަމުން، އެއްވެސް ފަރާތަކާ މުއާމަލާތް ކުރެވޭނީ އެ މީހެއްގެ ފުރިހަމަ ޔޫޒާނޭމް އެނގިގެންނެވެ.
މި ނިންމުމަކީ ވަޓްސްއެޕްގެ ސަލާމަތީ ފިޔަވަޅުތަކާއި ޕްރައިވެސީ ސިޔާސަތުތައް އިތުރަށް ހަރުދަނާކޮށް، ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު