ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމުގެ ނަމުގައި ކޮންމެ މިނިސްޓްރީއެއްގައި "ޚާއްޞަ ޔުނިޓެއް" އުފެއްދުމަށް ނިންމި ނިންމުމަކީ ސަރުކާރު ހިންގުމުގެ ނިޒާމު ފެއިލްވެއްޖެ ކަމަށް އަމިއްލައަށް އިޢުތިރާފުވުން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މަޝްރޫޢުތައް ބަލާނެ ފަރާތްތަކާއި އެ މަސައްކަތް ކުރާނެ މުވައްޒަފުން މިހާރުވެސް ދައުލަތުގެ ނިޒާމުގެ ތެރޭގައި އެބަތިއްބެވެ. އެހެންކަމުން އައު ޔުނިޓްތަކެއް އުފެއްދުމަކީ ކުރިއެރުމެއް ނޫން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، މަޝްރޫޢުތައް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުގެ އަސްލު މައްސަލައަކީ ލީޑަޝިޕެއް، ސިޔާސަތެއް އަދި ސީދާ އަމާޒެއް ނެތުން ކަމަށެވެ. އަދި މިހާރު މި ކުރަން އުޅޭ ކަމަކީ އިތުރު ސިޔާސީ ވަޒީފާތައް އުފެއްދުން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ރައްޔިތުން ބޭނުންވަނީ އިތުރު ޔުނިޓްތަކާއި، ޕޯޓަލްތަކާއި، ކޮމިޓީތަކާއި، ބަހަނާތަކެއް ނޫން. ރައްޔިތުން ބޭނުންވަނީ މަޝްރޫޢުތައް ނިމި، ކޮންޓްރެކްޓަރުންނަށް ފައިސާ ލިބި، ވަޢުދުތައް ފުދުން،" ޝާހިދުގެ ޕޯސްޓުގައިވެއެވެ.
މީގެ އިތުރުން، އަތޮޅުތެރޭގައި ފެށިފައިވާ ގިނަ މަޝްރޫޢުތަކެއް މިހާރު ހުއްޓިފައިވާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، އެ މަޝްރޫޢުތައް ހުއްޓާލާފައިވަނީ ސީދާ ސަރުކާރުން ކަމަށެވެ.
ސަރުކާރުން މަޝްރޫޢުތައް މޮނިޓަރ ކުރުމަށް ޚާއްޞަ ޔުނިޓްތަކެއް އުފެއްދުމަށް ނިންމާފައިވަނީ، ތަރައްޤީގެ މަސައްކަތްތައް ލަސްވާކަމުގެ ޝަކުވާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރަން ކޮންމެ މިނިސްޓްރީއެއްގައި "ޚާއްސަ ޔުނިޓެއް" އުފެއްދުމަކީ ކުރިއެރުމެއް ނޫން. އެއީ ސަރުކާރު ހިންގުމުގެ ނިޒާމު ފެއިލްވެއްޖެ ކަމަށް އަމިއްލައަށް އިޢުތިރާފުވުން.
— Abdulla Shahid (@abdulla_shahid) June 30, 2026
މަޝްރޫއުތައް ބަލާނެ ފަރާތްތަކާއި އެމަސައްކަތް ކުރާނެ ފަރާތްތައް…
"ރައްޔިތުން ބޭނުންވަނީ އިތުރު ޔުނިޓްތަކާއި، ޕޯޓަލްތަކާއި، ކޮމިޓީތަކާއި، ބަހަނާތަކެއް ނޫން. ރައްޔިތުން ބޭނުންވަނީ މަޝްރޫޢުތައް ނިމި، ކޮންޓްރެކްޓަރުންނަށް ފައިސާ ލިބި، ވަޢުދުތައް ފުދުން،" ޝާހިދުގެ ޕޯސްޓުގައިވެއެވެ.
މީގެ އިތުރުން، އަތޮޅުތެރޭގައި ފެށިފައިވާ ގިނަ މަޝްރޫޢުތަކެއް މިހާރު ހުއްޓިފައިވާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، އެ މަޝްރޫޢުތައް ހުއްޓާލާފައިވަނީ ސީދާ ސަރުކާރުން ކަމަށެވެ.
ސަރުކާރުން މަޝްރޫޢުތައް މޮނިޓަރ ކުރުމަށް ޚާއްޞަ ޔުނިޓްތަކެއް އުފެއްދުމަށް ނިންމާފައިވަނީ، ތަރައްޤީގެ މަސައްކަތްތައް ލަސްވާކަމުގެ ޝަކުވާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު