ދިވެހިރާއްޖޭގައި މިހާތަނަށް އޮތް މިނިވަން ވިޔަފާރީގެ ނިޒާމު ދޫކޮށް، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހުރިހާ ބާރެއް ދައުލަތުގެ މުށުތެރެއަށް ޖަމާކުރަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ސަރުކާރުން ގެންގުޅޭ އިގްތިސާދީ ފަލްސަފާއަކީ ކޮމިއުނިސްޓް ގައުމުތަކުން ފެންނަ ފަދަ "އަތްގަދަކުރުމުގެ" ސިޔާސަތެކެވެ.
އެގޮތުން، އާންމު ރައްޔިތުންނާއި ކުދި ވިޔަފާރިވެރިން އާމްދަނީ ހޯދުމަށް ކުރާ ޓެކްސީ ކުރުމާއި، ކަންމަތީ ފިހާރަ ހިންގުމާއި އަދި އައިނު ހެދުން ފަދަ ކަންކަމުގެ ތެރެއަށް ސަރުކާރުގެ ކުންފުނިތައް ވައްދައި، މުޅި މާކެޓް ސަރުކާރުން ކޮންޓްރޯލް ކުރަން އުޅޭކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ޑޮލަރު މާރުކުރުމާ ގުޅޭގޮތުން އަލަށް އަމަލުކުރަން ފެށި ގަވާއިދަކީ ވެސް މިނިވަން އިގްތިސާދީ އުސޫލުތަކާ ޚިލާފު ކަމެއްގެ ގޮތުގައި ޝަމްހީދު ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މާކެޓްގައި ޑޮލަރުގެ އަގު ކަނޑައެޅުމުގެ ފުރުސަތު ނުދީ، މަޖުބޫރުކޮށްގެން ހުރިހާ ފައިސާއެއް އެމްއެމްއޭއަށް ޖަމާކުރުވުމަކީ ދުނިޔޭގެ އެއްވެސް ކުރިއަރާފައިވާ ގައުމެއްގައި ކަންކަން ހިނގާނެ ގޮތެއް ނޫން ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ގަވަރުނަރާ ސުވާލުކުރެއްވުމުން، ސަރުކާރުން ޑޮލަރު ބަހާނެ ކަމަށް ބުނާ ވާހަކައަކީ ހަމައެކަނި ފޮތެއްގައި ލިޔެލަން ރީތި ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރަށް ޑޮލަރު ލިބުމުން އެ ފައިސާ ބޭނުންކުރަނީ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ނޫން ކަމަށާއި، ބޭކާރު ކަންކަމަށް ފައިސާ ހޭދަކުރަމުންދާ ކަމަށް ވެސް ޝަމްހީދު ވިދާޅުވިއެވެ. އޭނާ އިންޒާރު ދެއްވި ގޮތުގައި، މިނިވަން ވިޔަފާރީގެ ފުރުސަތުތައް ހަނިކޮށް، ދައުލަތުން ހުރިހާ ކަމަކަށް އަތްބާނާ ނަމަ، އޭގެ ހިތި ނަތީޖާ މުޅި އިގްތިސާދަށް ވަރަށް އަވަހަށް ފެންނާނެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު