އެމެރިކާއިން ޑީޕޯޓްކޮށްލި 100 އަށްވުރެ ގިނަ ވެނެޒުއޭލާގެ ރައްޔިތުން، އެނބުރި ގައުމަށް ދިޔަތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އައި ބާރުގަދަ ބިންހެލުންތަކަށްފަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ސަލާމަތްވި މީހުންނާއި އެމީހުންގެ އާއިލާތަކުން ބުނެފިއެވެ.
މިއާމީއިން 146 މީހުން ގޮވައިގެން ދިޔަ ފްލައިޓް ކަރަކަަސްއަށް ޖެއްސުމަށްފަހު، އެ މީހުން ބޭތިއްބީ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ސަރަހައްދު ކަމަށްވާ ލާ ގުއައިރާގައި ހުރި ހޮޓަލެއްގައެވެ. ބިންހެލުމުގައި އެ ހޮޓާ ބިމާ ހަމަވުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އިމާރާތުގެ ދަށުގައި ތާށިވެފައެވެ.
މި ހާދިސާއިން ސަލާމަތްވި ލިޒްބެތް ޕޯޓިލޯ ބުނި ގޮތުގައި، އޭނާއާއެކު އިތުރު 20 މީހަކު އިމާރާތުގެ ކޮނޑުތަކުގެ ދަށުން ސަލާމަތްވެ، އެހީ ހޯދުމަށްޓަކައި އެތައް ކިލޯމީޓަރަކަށް ހިނގާފައިވެއެވެ. "މިއީ އަލުން ލިބުނު ދިރިއުޅުމެއް. މާތްﷲ އަހަންނަށް ދެވަނަ ފުރުސަތެއް ދެއްވީ،" އޭނާ ކިޔައިދިނެވެ.
ވެނެޒުއޭލާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މި ބިންހެލުންތަކުގައި މިހާތަނަށް 1,700 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ގެއްލިފައިވާ މީހުންގެ އާއިލާތަކުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާއިރު، ޑީޕޯޓްކޮށްލި 100 އަށްވުރެ ގިނަ މީހުންނަށް ވީގޮތެއް އަދިވެސް ވަނީ ނޭނގިފައެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައި.ސީ.އީ) އިން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު