އެހެން ރަށަކުން ބޯހިޔާވަހިކަން ނުވަތަ ގެދޮރު ލިބުމާއެކު، އެ ރަށެއްގެ ރަޖިސްޓްރީއަށް ވަގުތުން ބަދަލުވެވޭ ގޮތަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ބޭރުކޮށްލައިފިއެވެ.
"ދިވެހިރާއްޖޭގެ ރަށެއްގެ ރައްޔިތަކަށް ވުމާބެހޭ ގާނޫނު" އަށް އިސްލާހު ގެނައުމަށްޓަކައި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމެވެ. މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ތައާރަފްކުރި މި ބިލުގެ ބަހުސް މިއަދު ކުރިއަށް ގެންގޮސް، ބިލު ބަލައިގަތުމާމެދު ވަނީ ވޯޓަށް އަހާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި މި ބިލު ބޭރުކޮށްލީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް 59 މެންބަރުން ވޯޓު ދެއްވިއިރު، ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. އެހެންކަމުން މި ބިލު ކޮމިޓީ މަރުހަލާއަށް ނުގޮސް ވަނީ ބޭރުވެފައެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނު ބުނާގޮތުން، މީހަކު ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގެ ރައްޔިތަކަށް ވެވޭނީ އެ ރަށެއްގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅުމަށްފަހުގައެވެ. އެ ނޫން ހާލަތްތަކުގައި ރަޖިސްޓްރީ ވެވޭނީ ހަމައެކަނި މަންމަ ނުވަތަ ބައްޕަ ރަޖިސްޓްރީވެފައިވާ ރަށުގައެވެ.
އެމްޑީޕީން ހުށަހެޅި އިސްލާހުގައި ވަނީ، އެހެން ރަށަކުން ބިމެއް، ގެއެއް، ފްލެޓެއް ނުވަތަ ދިރިއުޅޭނެ ތަނެއް ގާނޫނީ ގޮތުން މިލްކުވުމާއެކު، އެ ރަށެއްގެ ރަޖިސްޓްރީއަށް ބަދަލުވުމުގެ ފުރުސަތު ވަގުތުން ދިނުމަށެވެ. މީގެ ތެރޭގައި ތަރިކައިން ނުވަތަ ބިން ބެހުމުގެ ތެރެއިން، ނުވަތަ ގަނެގެން، ނުވަތަ ހަދިޔާގެ ގޮތުގައި، ނުވަތަ ކޯޓު ހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ގެދޮރު ލިބޭ ފަރާތްތައް ހިމެނެއެވެ.
މި އިސްލާހުގައިވާ ގޮތުން، އެފަދަ ތަނެއް ލިބޭ ފަރާތަކުން ރަޖިސްޓްރީ ބަދަލުކުރަން ހުށަހެޅުމުން، އެ ތަނަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއްކަން ކަމާބެހޭ އިދާރާއިން ކަށަވަރު ކުރުމަށްފަހު، ފަސް އަހަރު ދިރިއުޅުމުގެ ޝަރުތަކާ ނުލައި ރަޖިސްޓްރީ ކޮށްދޭން ޖެހޭނެއެވެ.
މީގެ އިތުރުން، އެއްވެސް މީހަކަށް އެއް ފަހަރާ ދެ ރަށެއްގެ ރަޖިސްޓްރީގައި ނުހުރެވޭނެ ކަމަށާއި، އާ ރަށެއްގައި ރަޖިސްޓްރީވުމާއެކު ކުރިން އޮތް ރަށުގެ ރަޖިސްޓްރީ އަމަލީ ގޮތުން އުވިގެންދާނެ ކަމަށްވެސް އެމްޑީޕީން ހުށަހެޅި ބިލުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީން ނިންމީ މި ބިލު ބަލައިނުގަތުމަށެވެ.

ARG
ކިޔުންތެރިންގެ ހިޔާލު