އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމުގެ މަގާމަށް، ސަރުކާރު ހިންގާ ޕީއެންސީގެ ކުރީގެ ރަޖިސްޓްރާ މުހައްމަދު ޝަކީލް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމަކީ، ރާއްޖޭގެ އިންތިޚާބީ ނިޒާމުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފެށުން ކަމަށް ވިދާޅުވެ ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު އާމިނަތު ޝައުނާ ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
ޝައުނާ މިއަދު މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ގައުމުގައި މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ކަށަވަރުކުރުމުގެ އެންމެ އިސް ޒިންމާ އުފުލާ މުއައްސަސާގެ އިސްވެރިޔަކަށް، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީގެ އިސް މަގާމެއް ފުރުއްވި ބޭފުޅަކު އައްޔަން ކުރެއްވުމަކީ އިންތިޚާބީ މަރުހަލާގެ ސައްހަކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ.
"މިއީ އިންތިޚާބީ ނިޒާމުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފެށުމެވެ. މިއީ އިންތިޚާބީ މަރުހަލާގެ ސައްހަކަމާމެދު ސުވާލު އުފެދި، އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެކެވެ." ޝައުނާ ވިދާޅުވިއެވެ.
ޝައުނާ މިހެން ވިދާޅުވެފައިވާއިރު، ޝަކީލް އީސީގެ ރައީސްކަމަށް އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސް މުއިއްޒު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ސިޓީ އިއްވުމަށްފަހު، މި މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މިދިޔަ ހަފްތާގައި އީސީގެ މެންބަރުކަމަށް އައްޔަން ކުރެއްވި ޝަކީލަކީ ޕީއެންސީގެ ރަޖިސްޓްރާގެ އިތުރުން އެ ޕާޓީގެ ސެނެޓް މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ ވަނީ މިދިޔަ އަންގާރަ ދުވަހާ ހަމައަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.
ކުރިން އީސީ އާއި އޭސީސީގެ ރައީސުން ހޮވަނީ އެ ކޮމިޝަންތަކުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށް ވިޔަސް، 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހަކާއެކު، މިހާރު އެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ޝަކީލަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އީސީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އީސީގެ ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު