މަސްތުވާތަކެއްޗަކީ މުޅި މުޖުތަމަޢުގެ ބަދަހިކަމަށް އަސަރުކުރުވާ، އިޖުތިމާޢީ، އިޤްތިޞާދީ، އަޚްލާޤީ އަދި ޤައުމީ ސަލާމަތަށް ހުރި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައެވެ. މި މައްސަލައާ ދެކޮޅަށް މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވަމުން، ރައީސް ވިދާޅުވީ މިއީ ޤައުމުގެ މުސްތަޤްބަލާއި ޒުވާނުންގެ ހިމާޔަތަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، މިއަހަރުގެ ފަހުކޮޅު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ވަށާޖެހޭ ފުރިހަމަ ޚިދުމަތްދެވޭނެ ރިހެބިލިޓޭޝަން ސެންޓަރުތައް ހުޅުވުމަށް ސަރުކާރުން ނިންމާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މިއީ މި ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދީ، އަލުން މުޖުތަމަޢަށް ނެރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މިފަހުން ގެނެވުނު ޤާނޫނީ އިޞްލާޙުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ބަދަލުތަކާއެކު މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން ވަރުގަދަވެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި އާ ސައިކޯއެކްޓިވް މާއްދާތަކާއި، ބަދަލުވަމުންދާ ވިޔަފާރީގެ އުކުޅުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ރާއްޖެއިން ގާތުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން، މިއަހަރުގެ ބައިނަލްއަޤުވާމީ ޝިޢާރު ކަމަށްވާ "ދުނިޔޭގެ މަސްތުވާތަކެތީގެ މައްސަލަ: ދެމިއޮތް ކަންބޮޑުވުންތައް، އާ ގޮންޖެހުންތައް، އާ އީޖާދީ ހައްލުތައް" މި މައުޟޫޢުގެ ދަށުން މަސައްކަތް ކުރުމުގައި ރާއްޖެ ސާބިތުކަމާއެކު އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލެއްވީ، މަސްތުވާތަކެތިން ސަލާމަތްވެފައިވާ ޤައުމެއް ބިނާކުރުމަށްޓަކައި އާއިލާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ޕްރައިވެޓް ސެކްޓަރ ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ. އަދި އެކަކު އަނެކަކަށް އަޅާލާ، އޯގާތެރި މުޖުތަމަޢެއްގެ ތެރެއިން މި މައްސަލައަށް ކާމިޔާބު ހައްލެއް ހޯދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

BEL
ENG
GHA
ކިޔުންތެރިންގެ ހިޔާލު