އދ. ހަންޏާމީދޫ ފަޅުތެރެއަށް ބަގީއަކާއެކު ވެއްޓި، ހިތާމަވެރި ހާދިސާއެއްގައި ކުޑަ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.

އިއްޔެ ހަވީރު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު، އުމުރުން 13 އަހަރުގެ އަލީ އަނަސް ބިން މުހައްމަދު އަރީ

ޝް އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ބަނދަރު ސަރަހައްދުގައި ތަޅުދަނޑި ޖަހާފައި އޮތް ބަގީއަކަށް އެ ކުއްޖާ އަރައި ދުއްވަން އުޅުމުގެ ތެރޭގައެވެ. ބަގީ ދުއްވަން އުޅުމުގެ ތެރޭގައި ކޮންޓްރޯލުން ނެއްޓި، ބާރު މިނުގައި ގޮސް ބަނދަރުގެ ފަޅުތެރެއަށް ބަގީއާއެކު ކުއްޖާ ވަނީ ވެއްޓިފައެވެ.

މި ހާދިސާ ހިނގި ވަގުތު، ބަގީ ގޮސް ފަޅުތެރޭގައި އޮތް ދޯންޏެއްގައި ޖެހި، ކުއްޖާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެފައިވެއެވެ. އަނަސް ނިޔާވެފައިވަނީ ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުންގެ ތަހުގީގަށް ބޭނުންވާ ޓެސްޓްތައް ހަދައި ސާމްޕަލް ނެގުމަށްފަހު، އަލީ އަނަސްގެ ޖަނާޒާ ބާއްވާފައިވަނީ ރޭ ބާރަ ޖެހި އެހައިކަންހާއިރުއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު، މި މައްސަލައިގެ އިތުރު ތަފުސީލު ހާމަކުރާނެ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު