ސާއުދީއާއެކު ކުޅުނު މެޗަށް ނިމުމުން ކޭޕް ވާރޑްގެ ގޯލްކީޕަރު ވޮޒިންހާ، ލިވްރަމެންތޯ އާއެކު އުފާފާޅުކުރަނީ
ސާއުދީއާއެކު ކުޅުނު މެޗަށް ނިމުމުން ކޭޕް ވާރޑްގެ ގޯލްކީޕަރު ވޮޒިންހާ، ލިވްރަމެންތޯ އާއެކު އުފާފާޅުކުރަނީ
6 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކޭޕް ވާޑްއިން ދައްކަމުންދާ ހައިރާންކުރުވަނިވި ކުޅުމާއެކު، ގްރޫޕް އެޗްގެ ފަހު މެޗުގައި ސައުދީ އަރަބިއްޔާއާ 0-0 އިން އެއްވަރުކޮށް، އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކައުޓް ބުރުން ޖާގަ ހޯދައިފިއެވެ.

މި ނަތީޖާއާއެކު މުބާރާތުގައި އަލަށް ވާދަކުރާ ކޭޕް ވާޑަށް ގްރޫޕް އެޗްގެ ދެވަނަ މަގާމު ލިބުނުއިރު، މިއީ އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެކެވެ. މުޅި މެޗުގައި ސައުދީ އަރަބިއްޔާއިން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި ކޭޕް ވާޑްގެ ޑިފެންޑަރުން ވަނީ ވަރަށް ހުށިޔާރު އަދި ތަރުތީބު ކުޅުމެއް ދައްކާފައެވެ.

މުބާރާތުގެ ގަދަ 32 ގެ ބުރަށް ދަތުރުކުރުމަށްޓަކައި ސައުދީ އަރަބިއްޔާއަށް މި މެޗުން މޮޅުވުން މަޖުބޫރުވެފައި އޮތް ނަމަވެސް، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ލަނޑު ޖަހާނެ ފުރުސަތުތަކެއް އުފެއްދި ނަމަވެސް ކޭޕް ވާޑްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ސްޕެއިންއިން 1-0 އިން އުރުގުއާއީ ބަލިކުރުމާ ގުޅިގެން، ކޭޕް ވާޑަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވިއިރު، ސައުދީ އަރަބިއްޔާ އާއި އުރުގުއާއީ ވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ.

މި މުބާރާތުގެ އެންމެ ބޮޑު ހައިރާންކަމެއް ގެނެސްދިން އެއް ޓީމަށް ކޭޕް ވާޑް ވެފައިވާއިރު، ނޮކައުޓް ބުރުގައި އެ ޓީމު ބައްދަލުކުރާނީ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާއެވެ. ކޭޕް ވާޑްގެ އުއްމީދަކީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އެ ގައުމުގެ ކާމިޔާބީގެ ދަތުރު އިތުރަށް ކުރިއަށް ގެންދިއުމެވެ.



ކިޔުންތެރިންގެ ހިޔާލު