'ވިޓިލިގޯ' އަކީ ހަންގަނޑުގެ ކުލަ ބަދަލުވެ، ހުދު ލައްތަކެއް ޖެހުމަށް މެދުވެރިވާ ބައްޔެކެވެ. މި ބަލި އާންމުކޮށް ޖެހެނީ ހަންގަނޑަށް ކުލަ ޖައްސައިދޭ 'މެލަނިން' އުފައްދާ ސެލްތައް ނެތިދިއުމުން ނުވަތަ މަސައްކަތް ކުރުން ހުއްޓާލުމުންނެވެ. ކުޑަކުދިންގެ ކިބައިން މި ބަލީގެ އަލާމާތްތައް ފެންނަން ފެށުމަކީ ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެކެވެ.
މި ބަލީގެ އެންމެ ފުރަތަމަ އަލާމާތަކީ ހަންގަނޑުގެ އެކި ހިސާބުތަކުގައި ކުދިކުދި ހުދު ލައްތަކެއް ފެންނަން ފެށުމެވެ. އާންމުކޮށް މި ލައްތައް ފެންނަނީ އިރުގެ އަލި ސީދާ އެޅޭ ހިސާބުތަކުންނެވެ. އޭގެ ތެރޭގައި މޫނާއި، އަތާއި، ފަޔާއި، ކަކުލު ހުޅު އަދި އުޅަނބޮށި ހިމެނެއެވެ. ދުވަސްވާ ވަރަކަށް މި ލައްތައް ބޮޑުވެ، ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިގެން ދެއެވެ.
ހަމައެކަނި ހަންގަނޑުގެ ކުލައަށް އަންނަ ބަދަލުގެ އިތުރުން، އެހެނިހެން ބައެއް އަލާމާތްތަކަށްވެސް ސަމާލުވާން ޖެހެއެވެ. އުމުރާ ނުބައްދަލު ގޮތަކަށް ބޮލުގެ އިސްތަށިގަނޑު، އެސްފިޔަ، ބުމަ ނުވަތަ ތުނބުޅީގެ ކުލަ ހުދުވުމަކީ ބަރަޞް ބަލީގެ ނިޝާނަކަށް ވެދާނެއެވެ. މީގެ އިތުރުން އަނގަޔާއި ނޭފަތުގެ އެތެރޭގެ ހަންގަނޑުގެ ކުލަ ބަދަލުވުމަކީވެސް ފެނިދާނެ އަލާމާތެކެވެ.
ވިޓިލިގޯ ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި 'އޮޓޯއިމިއުން' މައްސަލަތައް ހިމެނެއެވެ. އެއީ ހަށިގަނޑުގެ ދިފާއީ ނިޒާމުން އަމިއްލަ ސެލްތަކަށް ހަމަލާދިނުމެވެ. މީގެ އިތުރުން އާއިލާގެ މީހެއްގެ ކިބައިގައި މި ބަލި ހުރިނަމަ، ކުދިންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ހަންގަނޑަށް ލިބޭ ބައެއް އަނިޔާތަކުގެ ސަބަބުންވެސް މި ބަލި ފެންމަތިވެދާނެއެވެ.
ކުޑަކުދިންގެ ކިބައިން މިފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ. މި ބައްޔަކީ ގައިންގަޔަށް އަރާ ބައްޔަކަށް ނުވިޔަސް، މީގެ ސަބަބުން ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެދާނެއެވެ. އެހެންކަމުން، ބެލެނިވެރިންގެ ފަރާތުން ކުއްޖާއަށް ބޭނުންވާ ލޯތްބާއި ހިތްވަރު ދިނުމަކީ މި ބައްޔާ ކުރިމަތިލުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ.

IRN
BEL
ކިޔުންތެރިންގެ ހިޔާލު