ފީފާ ވޯލްޑް ކަޕް ގްރޫޕް 'އައި' ގައި ކުޅުނު ފަހު މެޗުގައި އިރާގުގެ މައްޗަށް 5-0 ގެ ބޮޑު ކާމިޔާބީއެއް ހޯދައި، މުބާރާތުގެ ނޮކްއައުޓް ބުރަށް ދިއުމުގެ ފުރުސަތު ސެނެގާލް އިން ދަމަހައްޓައިފިއެވެ. ސެނެގާލް މި ބުރަށް ދަތުރުކުރުމުގެ ފުރުސަތު އޮތީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.
މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ހަބީބް ދިއާރާ ކާމިޔާބުކޮށްދިން ލަނޑާއެކު ސެނެގާލް އިން ވަނީ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. އިރާގަށް މެޗުގައި އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހުނީ 13 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ރެބިން ސުލަކާއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މިއާއެކު މެޗުގެ ބާކީ ބައި އިރާގުން ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ.
މެޗުގެ ދެވަނަ ހާފުގައި ސެނެގާލް އިން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް، މުޅި މެޗު ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން އިސްމާއިލާ ސާރް އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިންއިރު، ޕާޕޭ ގޭ ވަނީ ޖެހިޖެހިގެން ދެ ލަނޑު ކާމިޔާބުކޮށް، މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ. ސެނެގާލްގެ ފަހު ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ދުރުން ފޮނުވާލި ބާރު ހަމަލާއަކުން އިލިމާން އެންޑިއާއިއެވެ.
މިއީ މި ފަހަރުގެ މުބާރާތުގައި ސެނެގާލް އިން ހޯދި ފުރަތަމަ މޮޅެވެ. މި ބޮޑު މޮޅާއެކު އެޓީމުގެ ގޯލުގެ ތަފާތު ރަނގަޅުވެފައިވާއިރު، އެހެން ގްރޫޕްތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ގަދަ 32 ޓީމުގެ ބުރަށް ދިއުމުގެ ފުރުސަތު އެޓީމަށް މިހާރު ވަނީ ލިބިފައެވެ.
މި ނަތީޖާއާއެކު އިރާގު ވަނީ މުބާރާތުން ކަޓާފައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން އެޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ.

FRA
KSA
ESP
ކިޔުންތެރިންގެ ހިޔާލު