ލ. އަތޮޅުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ދެވަނަ އެއާޕޯޓް އަޅާނީ އެ އަތޮޅު އިސްދޫ-ކަލައިދޫގައި ކަމަށް ސަރުކާރުން ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، ރާއްޖޭގެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ އަދި ލ. އަތޮޅުގެ އެންމެ އުތުރަށް އޮންނަ އިސްދޫ-ކަލައިދޫގައި އެއާޕޯޓް އެޅުމަށް ނިންމީ އެއީ އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ފުރުސަތު ބޮޑު ރަށަކަށް ވާތީ ކަމަށެވެ.
މިނިސްޓްރީން ބުނީ، މި ނިންމުމުގެ މައިގަނޑު މަގުސަދަކީ އެ ސަރަހައްދުގައި ފުރިހަމަ އިގުތިޞާދެއް ބިނާކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ކަމަށެވެ. އަދި އިސްދޫ-ކަލައިދޫގެ ވަށައިގެން އޮތް ރަށްތަކުގެ ގުދުރަތީ ރީތިކަމުގެ ބޭނުން ހިފައި، ފަތުރުވެރިކަމުގެ ދާއިރާއިން އެ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ހޯދައިދިނުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ.
ލ. އަތޮޅުގައި މިހާރު އޮތް ހަމައެކަނި އެއާޕޯޓަކީ ރާއްޖޭގެ އެންމެ ދުވަސްވީ ޑޮމެސްޓިކް އެއާޕޯޓް ކަމަށްވާ ކައްދޫ އެއާޕޯޓެވެ. އިސްދޫ-ކަލައިދޫން ކައްދޫއަށް ދިއުމަށް މިހާރު 40 މިނެޓުގެ ދަތުރެއް ކުރަންޖެހޭއިރު، އާ އެއާޕޯޓާއެކު އެ ސަރަހައްދުގެ ދަނބިދޫ އާއި މާބައިދޫގެ ރައްޔިތުންނަށް ވެސް ދަތުރުފަތުރުގެ ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި އެއާޕޯޓް އަޅާނެ ރަށެއްގެ ގޮތުގައި އަތޮޅުގެ އެކި ރަށްތަކުން މީގެ ކުރިން ވަނީ ޑިމާންޑްކޮށްފައެވެ. އެގޮތުން ލ. މާވަށް ކައިރީގައި ނުވަތަ ލ. މެންދޫގައި އެއާޕޯޓް އެޅުމަށް ހުށަހެޅުންތައް ލިބިފައިވީ ނަމަވެސް، ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެއާޕޯޓް ތަރައްގީ ކުރަށްވާނީ ދުރުރާސްތާގެ އިގުތިޞާދީ ދެމެހެއްޓެނިވިކަމަށް ވިސްނަވައިގެން ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ގިނަ ރިސޯޓުތަކެއް ތަރައްގީ ކުރުމުގެ ފުރުސަތު އޮތް ސަރަހައްދެއްގައި އެއާޕޯޓް ގާއިމުކުރުމެވެ. އިސްދޫ-ކަލައިދޫގައި އެއާޕޯޓް އެޅުމަށް ނިންމި ނިންމުމަކީ މި ސްޓްރެޓީޖިކް ވިސްނުމުގެ ދަށުން ނިންމި ނިންމުމެއްކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު ލ. އިސްދޫ - ކަލައިދޫގައި pic.twitter.com/3b2PHznKvR
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) June 25, 2026
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި އެއާޕޯޓް އަޅާނެ ރަށެއްގެ ގޮތުގައި އަތޮޅުގެ އެކި ރަށްތަކުން މީގެ ކުރިން ވަނީ ޑިމާންޑްކޮށްފައެވެ. އެގޮތުން ލ. މާވަށް ކައިރީގައި ނުވަތަ ލ. މެންދޫގައި އެއާޕޯޓް އެޅުމަށް ހުށަހެޅުންތައް ލިބިފައިވީ ނަމަވެސް، ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެއާޕޯޓް ތަރައްގީ ކުރަށްވާނީ ދުރުރާސްތާގެ އިގުތިޞާދީ ދެމެހެއްޓެނިވިކަމަށް ވިސްނަވައިގެން ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ގިނަ ރިސޯޓުތަކެއް ތަރައްގީ ކުރުމުގެ ފުރުސަތު އޮތް ސަރަހައްދެއްގައި އެއާޕޯޓް ގާއިމުކުރުމެވެ. އިސްދޫ-ކަލައިދޫގައި އެއާޕޯޓް އެޅުމަށް ނިންމި ނިންމުމަކީ މި ސްޓްރެޓީޖިކް ވިސްނުމުގެ ދަށުން ނިންމި ނިންމުމެއްކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

MEX
CIV
GER
ކިޔުންތެރިންގެ ހިޔާލު