ވާވު އަތޮޅު ގައި "އަމަން އިންޓަނޭޝަނަލް ޕްރައިވެޓް އެއާޕޯޓު" ގެ ނަމުގައި، ޕްރައިވެޓް ޖެޓުތަކަށް ހާއްސަ އެއާޕޯޓެއް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެއާޕޯޓު ތަރައްގީކުރަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އާއި ބޭރުގެ ދެ ކުންފުންޏެއް ކަމަށްވާ އޭޖީ އީސްޓް 2 ޑީއެމްސީސީ އަދި ސޭންޑްސްޓޯމް ކަލެކްޓިވް ގުޅިގެން އުފައްދާފައިވާ "ގްލޯބަލް އޭސް މޯލްޑިވްސް" އިންނެވެ.
މި މަޝްރޫއުގެ ތިމާވެށީގެ އަސަރު ބަލާ ރިޕޯޓު (އީއައިއޭ) ގައިވާ ގޮތުން، އެއާޕޯޓު ތަރައްގީކުރުމަށްޓަކައި ގާތްގަނޑަކަށް 134 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތަށް ބޭނުންވާ ހުރިހާ ވެއްޔެއް ނެގުމަށް ނިންމާފައިވަނީ ވ. އަތޮޅުގެ އެތެރެވަރިންނެވެ.
ވާވު އަތޮޅުގައި ފަޅެއް ހިއްކައިގެން އެއާޕޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ރައީސް ޞާލިޙްގެ ސަރުކާރުން ފެށީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުއެވެ. މިކަން ފުރަތަމަ އިއުލާންކުރެއްވީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވާވު އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައެވެ. އޭގެ ފަހުން 7 އޮގަސްޓު 2023 ގައި ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން މި މަޝްރޫއު ކުރިއަށް ގެންދަން ވަނީ ހުޅުވާލާފައެވެ.
މި މަޝްރޫއާ ގުޅިފައިވާ ފޮއްތެޔޮ ފަޅަކީ 6،800 ހެކްޓަރުގެ ބޮޑު ފަޅެކެވެ. މި ފަޅުން 100 ހެކްޓަރާއި ފޮއްތެޔޮ ބޮޑުފުށި ދޫކޮށްފައިވަނީ އަމަން ރިސޯޓްސްގެ ހިއްސާ އޮންނަ ދިވެހި ކުންފުނި، އަމްރޮކް އިންވެސްޓްމަންޓްސް އަށެވެ.
އަމަން ރިސޯޓްސް އިން މި ފަޅު ތެރޭގައި 27 ރަށެއް ހިއްކައި، 163 ގެސްޓް ކޮޓަރި ތަރައްގީ ކުރުމަށް ރާވާފައިވެއެވެ. މީގެ އިތުރުން ސްޕާ، ވެލްނަސް ރަށްތަކާއި، ސީޕްލޭން ޖައްސާ ރަށެއްގެ އިތުރުން މުވައްޒަފުންގެ ރަށްތައް ވެސް މި މަޝްރޫއުގެ ދަށުން ހިއްކާނެއެވެ.
މި ރަށްތައް ހިއްކުމަށް ބޭނުންވާ 1.58 މިލިއަން ކޮޑިމީޓަރުގެ ވެލި ނެގުމަށް ހުށަހަޅާފައިވަނީ ވާވު އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކާ ކައިރި ސަރަހައްދުތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު