ނިއުޔޯކް ސިޓީގެ މަޝްހޫރު އުސް އިމާރާތެއް ކަމަށްވާ އެމްޕަޔަރ ސްޓޭޓް ބިލްޑިންގުން ފުންމާލި އަންހެނަކު، ވަރުގަދަ ވައިރޯޅިއެއްގެ ސަބަބުން އަލުން އިމާރާތުގެ ތެރެއަށް ކޮއްޕާލައި މަރުން ސަލާމަތްވި އަޖައިބުުރުވަނިވި ހާދިސާގެ ވާހަކައަކީ މިއަދުވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ތާރީޚީ ހާދިސާއެކެވެ.
މި ހާސިދާ ހިނގާފައިވަނީ 1979 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އެ ދުވަހު، ދިރިއުޅުމުގެ ބޮޑެތި މާލީ ދަތިތަކާ ކުރިމަތިލާންޖެހި، އަމިއްލަ ބޯހިޔާވަހިކަން ގެއްލުމުގެ ބިރު ހީވުމުން، މާޔޫސްވެ އުންމީދު ކަނޑާލާފައިވާ ބްރޮންކްސްއަށް ނިސްބަތްވާ 29 އަހަރުގެ އަންހެނަކު ނިންމީ އަމިއްލައަށް މަރުވުމަށެވެ.
އެގޮތުން އޭނާ ދިޔައީ އެމްޕަޔަރ ސްޓޭޓް ބިލްޑިންގްގެ 86 ވަނަ ބުރުގައި ހުންނަ، ބޭރު ފެންނަން ހުންނަ އޮބްޒަވޭޝަން ޑެކް އަށެވެ.
ދިރިއުޅުމުގެ ބުރަކަމުން ސަލާމަތްވުމަށްޓަކައި، އޭނާ އެ އިމާރާތުގެ ރައްކާތެރިކަމުގެ ފެންސްމަތިން އަރައި ތިރިއަށް ފުންމާލިއެވެ.
ނަމަވެސް، އެ ވަގުތު ހީވެސް ނުކުރާ ފަދަ އަޖައިބެއް ފަދަ ކަމެއް ހިނގިއެވެ.
ގަޑިއަކު ގާތްގަނޑަކަށް 38 މޭލުގެ ބާރުމިނުގައި ޖެހުނު ކުއްލި ވަރުގަދަ ވައިރޯޅިއެއްގެ ސަބަބުން، އޭނާގެ ހަށިގަނޑު ސީދާ ތިރިއަށް ވެއްޓުމުގެ ބަދަލުގައި، ވައިގެ އޮއިވަރުން އޭނާ ކޮއްޕާލީ އަލުން އިމާރާތާ ދިމާލަށެވެ. މި އާދަޔާ ހިލާފު ވައިގެ ބާރުގެ ސަބަބުން އޭނާ ތިރީގައި އޮތް މަގުމައްޗަށް ވެއްޓުމުން ސަލާމަތްވިއެވެ.
ސީދާ ބިމަށް ވެއްޓުމުގެ ބަދަލުގައި، އޭނާ ވެއްޓުނީ އެންމެ 15 ފޫޓު ތިރިއަށެވެ. އެއީ އެ އިމާރާތުގެ 85 ވަނަ ބުރުގައި ހުރި ހަނި ކޮންކްރީޓް ފެންޑާއެއްގެ މައްޗަށެވެ.
މި ނުރައްކާތެރި ވެއްޓުމުގައި އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު ނަމަވެސް، ފުރާނަ ސަލާމަތްވިއެވެ. އެ ވަގުތު އިމާރާތުގައި މަސައްކަތް ކުރަމުންދިޔަ ސެކިއުރިޓީ އޮފިސަރަކަށް އޭނާ ފެނިގެން، ވަރަށް ސަމާލުކަމާއެކު އޭނާއާ ހަމައަށް ވާސިލްވެ، ހުޅުވާފައި ހުރި ކުޑަދޮރަކުން އެތެރެއަށް ވައްދައި ސަލާމަތްކުރިއެވެ.
ހާދިސާއަށްފަހު އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިއެވެ. ފަހުން ލިބުނު ރިޕޯޓްތައް ބުނާގޮތުގައި އޭނާ ވަނީ މި ހާދިސާއިން ސަލާމަތްވެފައެވެ. ޑޮކްޓަރުން ބުނި ގޮތުގައި މި ހާދިސާގައި އޭނާގެ އުނަގަނޑުގެ ކަށިގަނޑު ބިނދުން ފިޔަވައި، ފުރާނައަށް ނުރައްކާވާ ފަދަ އެހެން އެއްވެސް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެހާ އުސް އިމާރާތަކުން ފުންމާލުމަށްފަހު މީހަކު ދިރިއޮއްވާ ސަލާމަތްވުމަކީ މުސްތަހީލު ކަމަކަށްވާތީ، މި ހާދިސާގެ ސަބަބުން ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބުނެވެ.
މިއީ މިއަދާ ހަމައަށްވެސް، އުސް އިމާރާތަކުން ވެއްޓި، ވައިގެ ސަބަބުން ފުރާނަ ސަލާމަތްވި އެންމެ އާދަޔާ ހިލާފު އެއް ހާދިސާގެ ގޮތުގައި ތާރީޚުގައި ފާހަގަކުރެވޭ ކަމެކެވެ.

MEX
CIV
GER
ކިޔުންތެރިންގެ ހިޔާލު