އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އޮތް ގައުމަކީ ދިވެހިރާއްޖެ ކަމަށް ދައްކައިފިއެވެ. މި ތަފާސްހިސާބުތަކުން ހާމަވާގޮތުގައި ރާއްޖޭގެ ދަރަނި މިހާރު ހުރީ ޖީޑީޕީގެ ނިސްބަތުން 125.4 ޕަސެންޓުގައެވެ.
ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު، ރާއްޖެއާ އެންމެ ގާތުން ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތީ ބޫޓާނުގައެވެ. ބޫޓާނުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 103.6 ޕަސެންޓުގައެވެ. ތިންވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތް އިންޑިއާގެ ދަރަނި ހުރީ 84.1 ޕަސެންޓުގައެވެ. މީގެ އިތުރުން ޕާކިސްތާނުގެ ދަރަނި 72.8 ޕަސެންޓުގައި ހުރިއިރު، ނޭޕާލުގެ ދަރަނި ހުރީ 48.1 ޕަސެންޓުގައެވެ.
ސަރަހައްދުގެ ބޮޑެތި އިގްތިސާދުތަކާ އަޅާބަލާއިރު، ބަންގްލަދޭޝް ފާހަގަކުރެވެނީ ދަރަނި ވަރަށް ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައިވާ ގައުމެއްގެ ގޮތުގައެވެ. އެ ގައުމުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން އެންމެ 42 ޕަސެންޓުގައެވެ. މިއީ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ނިސްބަތުން ވަރަށް ކުޑަ އަދަދެކެވެ.
ދަރަނި ކުޑަކޮށް ހިފެހެއްޓުމުގެ ސަބަބުން، ދައުލަތުގެ މާލީ ކަންކަން ހިންގުމުގައި ބަންގްލަދޭޝަށް އިތުރު ލުއިފަސޭހަތަކާއި ފުރުސަތުތައް ލިބިފައިވާކަން އައިއެމްއެފްގެ ހިސާބުތަކުން އެނގެއެވެ. ޖުމްލަކޮށް ބަލާއިރު، ސާކްގެ ގައުމުތަކުގެ ތެރެއިން މާލީ ހަމަޖެހުން ދެމެހެއްޓުމާއި ދަރަނި މެނޭޖުކުރުމުގައި ބަންގްލަދޭޝް އަކީ މިހާރު ނަމޫނާ ގައުމެކެވެ.

COD
QAT
CAN
ކިޔުންތެރިންގެ ހިޔާލު