ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަކީ ވަކި ޕާޓީތަކުގެ ނުފޫޒުން ހިސޯރުކޮށްފައި އޮންނަންވާނެ ތަންތަން ނޫން ކަމަށް އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަދި ގިނަ ބައެއްގެ ތާއީދު އޮތް އަހުމަދު މުހައްމަދު ދީދީ (ސޯބެ) އަކީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ނުހަނު ގާބިލު ބޭފުޅެއްކަން ފާހަގަކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝަރީފް ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، ގައުމީ މަސްލަހަތު އިސްކުރުމަށްޓަކައި ސޯބެ ފަދަ ގާބިލު ބޭފުޅުންގެ ބޭނުން ހިފުމަކީ ނުހަނު މުހިންމު ކަމެކެވެ. އަދި މަޖިލީހުގެ ކޮމިޓީތައް އެންމެ އެދެވޭ ގޮތެއްގައި ހިންގޭނީ ހަމައެކަނި ޕާޓީގެ ވިސްނުމަށް ވުރެ ބޮޑަށް، ގައުމީ މަސްލަހަތު އިސްކުރާ ގާބިލު މެންބަރުން އެ މަސައްކަތްތަކުގައި ހިމަނައިގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރު ޖަވާބުދާރީކުރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ކޮމިޓީތަކުން ސޯބެ ފަދަ ތަޖުރިބާކާރު ބޭފުޅަކަށް ފުރުސަތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން ޝަރީފް ވަނީ ގޮވާލައްވާފައެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ސޯބެގެ ހިދުމަތާއި ތަޖުރިބާގެ ސަބަބުން، ސަރުކާރު ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ޝަކުވާތަކަށް އަވަސް ހައްލުތަކެއް ލިބިގެންދާނެއެވެ.
އެމްޑީޕީން އެދުނު މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން ސޯބެ އަށް ޖާގަ ދީފައިނުވާތީ، އެމްޑީޕީން ވަނީ މިއަދު މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުވެސް ކޮށްފައެވެ. އެމްޑީޕީ މެންބަރުންގެ އިހުތިޖާޖަށް ރައްދުދެއްވައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކޮންމެ މެންބަރަކަށް ވެސް ދެ ކޮމިޓީއަކުން ޖާގަ ލިބޭނެ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮންމެހެން ޕާޓީން ބޭނުންވާ ވަކި ކޮމިޓީތަކަކަށް ވާން ނުޖެހޭނެ ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ.

COD
QAT
CAN
ކިޔުންތެރިންގެ ހިޔާލު