ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ދަފްތަރު. ނަންބަރު ރސ 13449، އަލްފާޟިލް މުޙައްމަދު ޝަކީލު މިއަދު ޢައްޔަން ކުރަށްވައިފިއެވެ.
އީސީގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި އަލްފާޟިލް މުޙައްމަދު ޝަކީލު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރަށްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރަށްވާފައެވެ.
އަލްފާޟިލް މުޙައްމަދު ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަލްފާޟިލް މުޙައްމަދު ޝަކީލާއި ޙަވާލުކޮށްދެއްވާފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދައިފައިވާ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، އަލްފާޟިލް މުޙައްމަދު ޝަކީލު ޢައްޔަނުކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.
ވެރިކަންކުރާ ޕީއެންސީގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ޝަކީލް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރުމަށް މަޖިލީހުގެ 51 މެންބަރުން ރުހުން ދެއްވާފައިވެއެވެ. ޝަކީލް އައްޔަންކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 7 މެންބަރުންނެވެ.
ޝަކީލް ވަނީ މީގެކުރިންވެސް އިލެކްޝަންސް ކޮމިޝަނުގެ މުހިންމު މަޤާމުތަކެއް ފުރުއްވާފައެވެ. އެގޮތުން، 1 ސެޕްޓެންބަރު 2013 އިން ފެށިގެން 3 ޑިސެންބަރު 2014 އަށް އެ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު އަދާކުރެއްވުމަށްފަހު، 3 ޑިސެންބަރު 2014 އިން ފެށިގެން 9 މޭ 2018 ގެ ނިޔަލަށް ކޮމިޝަނުގެ މެންބަރުކަން ކުރެއްވިއެވެ. އޭގެފަހުން ޝަކީލް ވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.
ޝަކީލް އެންމެފަހުން އަދާކުރެއްވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމެވެ.

COD
QAT
CAN
ކިޔުންތެރިންގެ ހިޔާލު