"އާޚިރަތުގެ ޒަމާނުގެ ނަބީއެއް" ކަމަށް ދައުވާކުރާ އީބޯ ނޯއާ
"އާޚިރަތުގެ ޒަމާނުގެ ނަބީއެއް" ކަމަށް ދައުވާކުރާ އީބޯ ނޯއާ
ގާނާގެ އަމިއްލަ ނަފްސަށް "އާޚިރަތުގެ ޒަމާނުގެ ނަބީއެއް" ކަމަށް ދައުވާކުރާ އީބޯ ނޯއާ (އެވަންސް އެޝުން)، ކަނޑު ފަޅާލަން މަސައްކަތްކުރުމުގެ ތެރޭގައި ރާޅުތަކުގެ ތެރެއަށް ދަމައިގަނެ، އާންމުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

މި ހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހުދު ކުލައިގެ ހެދުމެއްގައި ހުރެ ލަކުޑި ދަނޑިއެއް ހިފައިގެން އޭނާ ކަނޑުގެ އައްސޭރިއަށް ގޮސް، ބައިބިލްގައި އަންނަ މޫސާގެފާނުގެ މުއުޖިޒާތާ އެއްގޮތަށް ކަނޑު ފަޅާލަން އަމުރުކުރާ މަންޒަރު ފެނެ އެވެ. ނަމަވެސް، އޭނާގެ އަމުރަށް ކިޔަމަންވުމުގެ ބަދަލުގައި، ކަނޑުން އެރި ބިޔަ ރާޅުތަކެއް އޭނާ ވައްޓާލައި، ފުން ހިސާބަކަށް ދަމައިގަތެވެ.

މި ހާދިސާ ހިނގި ކަމަށް ރިޕޯޓުކޮށްފައިވަނީ މި އަހަރުގެ މެއި މަހުގެ ފަހުކޮޅު އެވެ. އީބޯ ނޯއާ އަކީ މީގެ ކުރިން ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މީހެކެވެ.

އެގޮތުން، 2025 ވަނަ އަހަރުގެ ޑިސެންބަރު 25 ގައި ދުނިޔެ ނިމޭނެ ކަމަށާއި، ބޯކޮށް ވާރޭވެހި މުޅި ދުނިޔެ ބޮޑު ފެންބޮޑުވުމެއްގެ ތެރޭގައި ޣަރަގުވާނެ ކަމަށް އޭނާ ކުރިން ވަނީ ފާޅުކޮށްފަ އެވެ. އެ ކާރިސާ އިން ސަލާމަތްވުމަށް އޭނާ ވަނީ ލަކުޑިން ހާއްސަ އުޅަނދުތަކެއް (އާކް) ބިނާކޮށް، އެ އުޅަނދުތަކަށް އަރަން މީހުންނަށް ގޮވާލާފަ އެވެ. ނަމަވެސް، ޑިސެންބަރު 25 ވަނަ ދުވަސް އެއްވެސް ހާދިސާއަކާ ނުލައި ފާއިތުވެ ދިއުމުން، އޭނާ ބުނެފައިވަނީ ކުރި ދުޢާ އާއި ފާފަފުއްސެދުމުގެ ސަބަބުން އެ ކާރިސާ ފަސްކުރެވުނީ ކަމަށެވެ.

މިފަހަރުގެ ކަނޑުގެ ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އޭނާގެ ދައުވާތަކަށް މަލާމާތްކޮށް، ކަނޑަކީ އެއްވެސް އިންސާނެއްގެ އަމުރަކަށް ކިޔަމަންވާނެ އެއްޗެއް ނޫން ކަމަށް ބުނަމުންނެވެ.

މި ހާދިސާގައި އޭނާގެ އަތަކަށް އަނިޔާއެއް ލިބުނު ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، ފަހުން އޭނާ ވަނީ އާންމު ހަރަކާތްތަކުން ފެނިފަ އެވެ. އީބޯ ނޯއާ ކަނޑު ފަޅާލަން އުޅުމުގެ ތެރޭގައި ރާޅުތަކުގެ ތެރެއަށް ދަމައިގަތުން



ކިޔުންތެރިންގެ ހިޔާލު