ދިވެހިރާއްޖޭގައި ގާއިމުކުރަމުންދާ ޑިޖިޓަލް ގަވަނަންސް ނިޒާމަކީ ރައްޔިތުންގެ ހުރިހާ ޒާތީ މައުލޫމާތެއް އެއް ސާވަރެއްގެ ތެރޭގައި ރައްކާކުރެވޭ، ހިރާސް ބޮޑު ނިޒާމެއްކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ޑިޖިޓަލައިޒޭޝަން ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ރާއްޖެއިން މިހާރު އިހުތިޔާރު ކޮށްފައިވާ އެސްޓޯނިއާގެ މޮޑެލްއަކީ ސެންޓްރަލައިޒްޑް ނިޒާމެއް ކަމަށެވެ. މީގެ ސަބަބުން މީހެއްގެ އައިޑެންޓިޓީ ހޯދައިގަންނަ ފަރާތަކަށް އެމީހެއްގެ ބޭންކު އެކައުންޓުގެ މައުލޫމާތާއި، ސިއްހީ މައުލޫމާތު ފަދަ ހުރިހާ ކަމެއް އެނގިގެންދާނެކަމުގެ ބިރު އެބައޮތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު، މުޅި ނިޒާމު ބައްޓަން ކޮށްފައިވަނީ މިނިސްޓަރަށް ބާރޯސާވާ ގޮތަށްކަން ފާހަގަކުރަށްވައި ޑރ. ޝަމްހީދު ވިދާޅުވީ، މިކަމުގައި މަޖިލީހަށް ފާރަވެރިވެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އެއް ޑޭޓާބޭސްއެއްގައި ހުރިހާ މައުލޫމާތެއް ހުރުމުން، މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ރައްޔިތެއްގެ ހުރިހާ ޒާތީ މައުލޫމާތެއް ހޯދުމުގެ ފުރުސަތު އޮތުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ނިއުޒިލޭންޑް ފަދަ ގައުމުތަކުގައި ގެންގުޅޭ އައިޑެންޓިޓީ ވޮލެޓް މޮޑެލްއާ ރާއްޖޭން ގެންގުޅޭ ނިޒާމު އަޅާކިޔުއްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، އެ ގައުމުތަކުގައި މައުލޫމާތު ރައްކާކުރަނީ އެކި ސާވިސް ޕްރޮވައިޑަރުން މެދުވެރިކޮށް ކަމަށެވެ. އެގޮތަށް ކަންތައް ކުރުމުން އެއްތަނަކުން ހުރިހާ މައުލޫމާތެއް ލީކުވުމުގެ ބިރު ކުޑަވާނެ ކަމަށާއި، ނަމަވެސް ރާއްޖޭގައި މިހާރު އޮތީ ރިސްކު ބޮޑު ނިޒާމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެހެންމެ، މި މަޝްރޫއަށް ކުރާ ހަރަދުތަކާ މެދުވެސް ޑރ. ޝަމްހީދު ވަނީ ސުވާލު އުފައްދާފައެވެ. އޭނާ ވިދާޅުވީ، މިދިޔަ އަހަރުގެ ބަޖެޓު ފޮތުގައި ނުޖަހައި ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ޓްރޭޑް ނެޓް މެދުވެރިކޮށް މިނިޒާމަށް ހޭދަކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ފައިސާއިން ލިބުނު ހިދުމަތަކީ ކޮބައިކަން މިއަދާ ހަމައަށްވެސް ސާފުނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރާއި 2028 ވަނަ އަހަރާ ދެމެދު މުޅި ރާއްޖޭގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ނިންމުން ކަމަށެވެ. ނަމަވެސް، އިދިކޮޅު މެންބަރުން ދަނީ މި ނިޒާމުގެ ސަލާމަތީ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު