ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި، ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަލީ ސީޒަން މިއުޒިކް ބޭންޑެއް އުފައްދައިފި އެވެ.
"ދަ ގްރީންސް" ގެ ނަމުން ނަން ދީފައިވާ މި ބޭންޑުގައި ސީޒަންގެ އިތުރުން ވޯކަލިސްޓް ތީލް، ގިޓަރިސްޓް ސިރާ، އަދި ކީބޯޑިސްޓް ސާއިދު ހިމެނެ އެވެ.
މި ބޭންޑު އުފެދިގެން އައި ގޮތާ ބެހޭގޮތުން ސީއެންއެމްއަށް މައުލޫމާތު ދެމުން ސީޒަން ބުނީ، މިއީ ފުރަތަމަ މަޖަލަކަށް އާއިލީ ހަފްލާތަކުގައި ފެށި ކަމެއް ކަމަށެވެ.
އެގޮތުން އާއިލާ އާއި ރަހުމަތްތެރިންގެ މެދުގައި ލިބުނު ބޮޑު ތަރުހީބާއެކު، މިދިޔަ އީދު ދުވަސްވަރު ވެސް އެފަރާތްތަކަށް ހާއްސަ ޕާފޯމަންސެއް ހުށަހަޅައިދިން ކަމަށާއި، އެ ޕާފޯމަންސްތަކުން ލިބުނު ހިތްވަރާއެކު އާންމުކޮށް ޝޯތައް ދިނުމަށް ނިންމީ ކަމަށް އޭނާ ފާހަގަކުރި އެވެ.
މިއީ ފަންނާނުންގެ ކެރިއަރުގެ ގޮތުގައި ކުރާ ކަމެއް ނޫން ކަމަށާއި، ހުސްވަގުތުތަކުގައި ލިބޭ ޝޯތައް ކުރިއަށް ގެންދާނެ ކަމަށް ސީޒަން ބުންޏެވެ. އަދި މި މަސައްކަތުގައި އާއިލާ އާއި ރަހުމަތްތެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
"ދަ ގްރީންސް" އިން މިހާތަނަށް ހުށަހަޅައިދިން އެންމެ ފަހުގެ ޝޯއަކީ މި މަހުގެ 19 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލްގައި ކުރިއަށް ގެންދިޔަ "ނޭޕާ ޖަތްރާ" އެވެ. މި ޝޯގައި އެ ބޭންޑުގެ އިތުރުން އުޖަން ސަކްޔާ އާއި ކުމާ ސާގަރު ވެސް ވަނީ ބައިވެރިވެފަ އެވެ.

EGY
AUT
IRQ
ކިޔުންތެރިންގެ ހިޔާލު