އުމުރުން ދުވަސްވުމާ ގުޅިގެން ހަށިގަނޑުގެ ހޯރމޯންތަކަށް އަންނަ ބަދަލުތަކާއި، އާއިލީ ގޮތުން ވާރުތަވާ ޖެނެޓިކް ސިފަތަކުގެ ސަބަބުން އިސްތަށިގަނޑަށް ފާހަގަކުރެވޭ ފަދަ ބޮޑެތި ބަދަލުތަކެއް އާދެއެވެ.
އަޅުގަނޑުމެންގެ މުޖުތަމައުގައި "އުމުރުން ދުވަސްވުން" އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެއް ނިޝާނަކީ ބޯނުރަވުމެވެ. ނަމަވެސް، މިއީ އުމުރުން 40 އަހަރުވުމުން އިސްތަށިގަނޑަށް ކުރިމަތިވާ ހަމައެކަނި ބަދަލެއް ނޫނެވެ. ހާއްސަކޮށް އަންހެނުން "މެނޯޕޯޒް" ނުވަތަ އިއްދައިން ވަކިވުމުގެ މަރުހަލާއާ ގާތްވުމުން، ހޯރމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން އިސްތަށިގަނޑަށް ނުހަނު ބޮޑެތި އަސަރުތަކެއް ކުރެއެވެ.
އާންމުގޮތެއްގައި އަންހެނުން އިއްދައިން ވަކިވަނީ އުމުރުން 45 އަހަރާއި 55 އަހަރާ ދެމެދުގައެވެ. ނަމަވެސް، އޭގެ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ކުރިން "ޕެރިމެނޯޕޯޒް" ގެ މަރުހަލާ ފެށިގެންދެއެވެ. މި ދުވަސްވަރު ހަށިގަނޑުގެ އެސްޓްރޯޖަން ލެވެލް ދަށްވުމުގެ ސަބަބުން އިސްތަށި ފޭބުމާއި، އިސްތަށިގަނޑު ތުނިވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.
އުމުރުން 40 ގެ އަހަރުތަކުގައި އިސްތަށިގަނޑަށް އަންނަ މައިގަނޑު ބަދަލުތަކަކީ:
1. އިސްތަށިގަނޑު ތުނިވުން (ޚާއްޞަކޮށް ބޮލުގެ މެދުން)
އެސްޓްރޯޖަން ހޯރމޯން ދަށްވުމުގެ ސަބަބުން، އިސްތަށި ފަޅާ މިންވަރު މަދުވެ، އިސްތަށި ފައިބާ މިންވަރު އިތުރުވެއެވެ. މިއީ އާއިލީ ގޮތުން ވާރުތަވާ "އެންޑްރޯޖެނެޓިކް އެލޮޕީޝިއާ" ހުންނަ މީހުންނަށް މާ ބޮޑަށް ފާހަގަވާ ކަމެކެވެ. ދުވާލަކު 50 އާއި 100 އާ ދެމެދުގެ އަދަދަކަށް އިސްތަށި ފޭބުމަކީ އާދައިގެ ކަމެއް ނަމަވެސް، ބޮލުގެ ނާށިގަނޑު ފެންނަ ވަރަށް އިސްތަށިގަނޑު ތުނިވާނަމަ، އެއީ އުމުރާ ގުޅުންހުރި ބަދަލެކެވެ.
2. އިސްތަށީގެ ބޯމިން ކުޑަވުން
ހޯރމޯންގެ ބަދަލުތަކުގެ ސަބަބުން އިސްތަށި ފަޅާ ބޯވަޅުތައް (Follicles) ކުޑަވެއެވެ. މީގެ ނަތީޖާއަކީ ކުރިން ހުންނަ ވަރަށްވުރެ އިސްތަށިތައް ހިމަވެ، ބޯމިން ކުޑަވުމެވެ.
3. އިސްތަށިގަނޑު ހިކިވެ، ކުރަކިވުން
އުމުރުން ދުވަސްވުމުން ބޮލުގެ ހަމުން އުފައްދާ ގުދުރަތީ ތެޔޮ (Natural Oils) މަދުވެއެވެ. މީގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން އިސްތަށިގަނޑުގައި ކެމިކަލް ބޭނުންކުރުމާއި، ހޫނުކޮށްގެން ސްޓައިލް ކުރުމުގެ ސަބަބުންވެސް އިސްތަށިގަނޑު ހިކި، ފަސޭހައިން ބިންދައިގެންދާ ގޮތްވެއެވެ.
4. އިސްތަށިގަނޑުގެ އުންގަނޑު ނުވަތަ ބަބުޅާކަން ގެއްލުން
އިސްތަށިގަނޑުގައި ހުންނަންޖެހޭ ތެތްކަން މަދުވުމުގެ ސަބަބުން، ކުރިން ހުންނަ ފަދަ އުންގަނޑެއް ނުވަތަ ބަބުޅާކަން ގެއްލި، އިސްތަށިގަނޑު މިލާފައި ހުންނަ ގޮތްވެއެވެ.
5. އިސްތަށި ނުރަވުން
އުމުރުން ދުވަސްވުމުން އިސްތަށީގައި ކުލަޖައްސައިދޭ "މެލަނޯސައިޓްސް" ސެލްތައް މަދުވެއެވެ. މިއީ ގިނަފަހަރަށް އާއިލީ ގޮތުން ވާރުތަވާ ކަމެކެވެ. މީގެ އިތުރުން، އުމުރުގެ މި މަރުހަލާގައި ކުރިމަތިވާ ނަފްސާނީ ބުރަ ނުވަތަ ސްޓްރެސްގެ ސަބަބުންވެސް އިސްތަށި ނުރަވުން އަވަސްވެދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ.
އިސްތަށިގަނޑަށް ދޭންޖެހޭ ފަރުވާތަކާއި ސަމާލުކަންދޭންވީ ކަންތައްތައް:
• ބޯދޮންނަ މިންވަރު މަދުކުރުން: އިސްތަށިގަނޑު ހިކިނަމަ، ކޮންމެ ދުވަހަކު ބޯދޮވުމުގެ ބަދަލުގައި މަދު ފަހަރަކު ބޯދޮވުން ރަނގަޅެވެ. އަދި ސަލްފޭޓް ނުހިމެނޭ "ހައިޑްރޭޓިން" ޝޭމްޕޫއެއް ބޭނުންކުރުމަށް ސަމާލުކަން ދޭށެވެ.
• ކޮންޑިޝަނަރ ބޭނުންކުރުން: ކެރަޓިން، އަމީނޯ އެސިޑް ނުވަތަ ޕްލާންޓް ޕްރޮޓީން ހިމެނޭ "ޑީޕް ކޮންޑިޝަނަރ" އެއް ބޭނުންކުރުމަކީ އިސްތަށިގަނޑު ވަރުގަދަކޮށްދޭނެ ކަމެކެވެ.
• ހޫނާއި ކެމިކަލްއާ ދުރުވުން: އިސްތަށިގަނޑު ހޫނުކޮށްގެން ސްޓައިލްކުރުމާއި ކެމިކަލް ގިނައިން ބޭނުންކުރުން ވީހާވެސް މަދުކުރާށެވެ.
• ސިއްހީ ގޮތުން ބެލުން: ބައެއް ފަހަރު އިސްތަށި ފޭބުމަކީ ތައިރޮއިޑް މައްސަލަތަކުގެ ނުވަތަ ދަގަނޑާއި ވިޓަމިން ޑީ ފަދަ މުހިންމު މާއްދާތައް މަދުވުމުގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެއެވެ. އެހެންކަމުން، ގަވާއިދުން ލޭގެ ޓެސްޓުތައް ހަދައި ޗެކަޕް ހެދުން މުހިންމެވެ.
އިސްތަށިގަނޑަށް އަންނަ ބަދަލުތަކާމެދު ކަންބޮޑުވާނަމަ، ހަމުގެ ޚާއްޞަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. މިއީ އުމުރުން ދުވަސްވުމާއެކު އަންނަ ގުދުރަތީ ބަދަލުތަކެއްކަން ގަބޫލުކޮށް، އެކަންކަމަށް އެކަށީގެންވާ ފަރުވާ ދިނުން މުހިންމެވެ.

CIV
CUW
JPN
ކިޔުންތެރިންގެ ހިޔާލު