ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ކުލީގެ މުއްދަތު ހަމަވުމުން، އެ ތަންތަން ދައުލަތާ އަނބުރާ ހަވާލުކުރާއިރު އެ ތަންތަނުގައި ހުންނަ މުދަލާއި ތަކެއްޗަށް ބަދަލުދޭނެ ވަގުތީ އުސޫލެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.
މި އުސޫލު އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ، ޓޫރިޒަމަށް ދޫކޮށްފައިވާ ތަނެއްގެ މުއްދަތު ހަމަވެގެން ނުވަތަ އެ ނޫންވެސް ސަބަބަކާ ހުރެ ދައުލަތަށް ނަގާއިރު، އެ ތަނެއްގައި ހުރި އިމާރާތްތަކާއި އެހެނިހެން މުދަލަށް ބަދަލު ދިނުމުގައި އަމަލުކުރާނެ ދެފުށް ފެންނަ ހަމަތަކެއް ކަނޑައެޅުމެވެ. މި އުސޫލުގެ ދަށުން ބަދަލު ދޭން ޖެހޭ އަގު ހިސާބުކުރާނީ އެ ތަނެއްގައި ހުރި އިމާރާތްތަކާއި ތަކެތީގެ އަގުން، ބޭނުންކޮށްފައިވާ މުއްދަތަށް ބަލައި "ޑިޕްރިސިއޭޝަން" ނުވަތަ ބާކަމަށް ކެނޑުމަށްފަހު ޖެހޭ އަގަށެވެ.
އައު އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުން ބަދަލު ދޭން ޖެހޭނީ އެ ތަނަކީ އޮޕަރޭޝަނަލް ހާލަތުގައި އޮތް ތަނެއް ނަމަ އެ ތަނެއްގައި ހިންގި ވިޔަފާރިއާ ސީދާ ގުޅުންހުރި އުފުލޭ އަދި ނުއުފުލޭ މުދަލަށެވެ. މީގެ ތެރޭގައި ލީސް އެގްރީމަންޓުގެ ދަށުން ގަވާއިދުން އަޕްޑޭޓްކޮށް ބަލަހައްޓަމުންދިޔަ އިންވެންޓްރީގައި ހިމެނޭ ތަކެއްޗާއި، އެފަދަ އިންވެންޓްރީއެއް ނެތް ނަމަ އަގު ކަނޑައެޅުމުގެ މަސައްކަތަށް ތައްޔާރުކުރާ އިންވެންޓްރީގައި ހިމެނޭ މުދާ ހިމެނެއެވެ. މީގެ އިތުރުން، އިންވެންޓްރީގައި ނެތް ނަމަވެސް، ޓޫރިޒަމް މިނިސްޓްރީން އެ ތަނެއްގައި ބަހައްޓަން ބޭނުންވާ މުދަލަށް ވެސް ބަދަލު ދޭން ޖެހޭނެއެވެ.
ނަމަވެސް، ހުރިހާ މުދަލަކަށް ބަދަލު ދޭކަށް މި އުސޫލު ލާޒިމެއް ނުކުރެއެވެ. ބާވުމުގެ ސަބަބުން ބޭނުންނުކުރެވޭ ތަކެއްޗާއި، މަރާމާތު ކުރުމަށް ހިނގާ ހަރަދު އެ އެއްޗެއްގެ އަގުގެ 30 އިންސައްތައަށް ވުރެ ބޮޑުވާ ތަކެއްޗާއި، އައުޓްޑޭޓެޑް މޮޑެލްގެ ތަކެއްޗަށް ބަދަލެއް ނުލިބޭނެއެވެ. ހަމައެހެންމެ، މިނިސްޓްރީގެ ހުއްދަ ނެތި ނުވަތަ ފާސްކޮށްފައިވާ ކުރެހުންތަކާ ހިލާފަށް ބިނާކޮށްފައިވާ އިމާރާތްތަކަކީ ވެސް ބަދަލު ދިނުމުގައި ހިމެނޭނެ ތަންތަނެއް ނޫނެވެ.
އަގު ކަނޑައެޅުމުގެ މަސައްކަތުގައި ކުއްޔަށް ހިފި ފަރާތުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އެގޮތުން ބަދަލުގެ އަގު ހިސާބުކުރަން ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދޭން އެންގުމުން 30 ދުވަސް ތެރޭގައި އެކަން ނުކޮށްފި ނަމަ، އަގު ކަނޑައަޅާނީ އެ މުދަލެއްގެ ހާލަތަށާއި ކުރިއަށް އޮތް ތަނުގައި އެ ބޭނުންކުރެވިދާނެ މުއްދަތަށް ރިއާޔަތްކޮށެވެ. އަދި ދައުލަތުން ބޭނުންނުވާ މުދާ ވިއްކާލުމަށް ނުވަތަ ގެންދިއުމަށް 90 ދުވަހުގެ މުއްދަތެއް ކުއްޔަށް ހިފި ފަރާތަށް ލިބޭނެއެވެ.
މި އުސޫލުގެ ދަށުން އަގު ކަނޑައަޅާނެ ބަޔަކު ކަނޑައަޅާނީ އޮޑިޓާ ޖެނެރަލްގެ އޮފީހުންނެވެ. އަދި ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ އޮޑިޓް އޮފީހުން ކަނޑައެޅުމުން، އެ ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސާނީ ޓޫރިޒަމް މިނިސްޓްރީންނެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށާއި ދައުލަތަށް ލިބޭ މުދަލުގެ ހަމަ އަގު ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

PAR
SWE
CIV
ކިޔުންތެރިންގެ ހިޔާލު