ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ އެމްޑީޕީގެ އަށް މެންބަރުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަކީ އެއްވެސް ހެއްކެއް ނެތި ސިޔާސީ ބޭނުމެއްގައި ކުރާ ދައުވާތަކެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ހެނދުނު 10:00 ގައި ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، ޝަރީއަތަށްފަހު ކޯޓުން ބޭރުގައި މީޑިއާތަކާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މި ދައުވާތަކަކީ 2005 އާއި 2008 އާ ދެމެދު ރާއްޖޭގައި އޮތް ސިޔާސީ ބިރުވެރިކަމުގެ ތެރޭގައި ފެނުނު ފަދަ އަމަލުތަކެއް ކަމަށެވެ.
ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި، ޕްރޮސެކިއުޓާ ޖެނެރަލް މި ދައުވާތައް އުފުއްލަވާފައިވަނީ އެކަށީގެންވާ ހެކި ނެތި، ހަމައެކަނި ސިޔާސީ ނުފޫޒެއްގެ ދަށުންނެވެ.
"ޕްރޮސެކިއުޓަރ ޖެނެރަލް މި ދައުވާ އުފުލާފައި މިވަނީ ބޭނުންވާ ހެކި، އެކަށީގެންވާ ހެކި ނުހޯއްދަވައި. ހަގީގަތުގައި ހެއްކެއް ނުވެސް ނެތް، ހެއްކެއް ނެތުމުން ދެން ފެބްރިކޭޓު ކުރެވޭނީ" އެމަނިކުފާނު ވިދާޅުވިއެވެ.
މި ދައުވާތަކަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު އެމްޑީޕީން މާލޭގައި ބޭއްވި "ލޫޓުވައިފި" މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ އުފުލާފައިވާ ދައުވާތަކެކެވެ.
ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަދަ ކަންކަން ހިނގަމުންދިއުމަކީ ރާއްޖޭގެ އަދުލުގެ ނިޒާމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. އަދި މި ދައުވާތަކަކީ ސިޔާސީ ނިޔަތެއްގައި ކުރާ ކަންކަމަށް ވާތީ، މި މައްސަލަ ބައިނަލްއަގުވާމީ ކޯޓުތަކަށް ގެންދަވާނެ ކަމަށާއި، ދައުލަތުން މި ދައުވާތައް އަނބުރާ ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

JOR
COD
CRO
ކިޔުންތެރިންގެ ހިޔާލު