ހޯން އޮފް އެފްރިކާ ސަރަހައްދުގައި އިސްރާއީލުގެ އަސްކަރީ އަދި ސަލާމަތީ ދައުރު ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެތުރިފައިވާ ޚަބަރުތަކާއެކު، އެ ސަރަހައްދުގެ ހަމަޖެހުމާއި ސޯމާލީލޭންޑުގެ ބައިނަލްއަގުވާމީ ގުޅުންތަކާ މެދު ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.
ތަހުގީގީ ރިޕޯޓްތައް ބުނާގޮތުގައި، އަމިއްލައަށް މިނިވަންކަން އިޢުލާނުކޮށްފައިވާ ސޯމާލީލޭންޑުގައި އިސްރާއީލުގެ އަސްކަރީ މަރުކަޒެއް ގާއިމުކުރުމާ ގުޅޭގޮތުން އިސްރާއީލުގެ އިސްވެރިންނާއި ސޯމާލީލޭންޑުގެ ކަމާބެހޭ ފަރާތްތަކާ ދެމެދު ވަނީ މަޝްވަރާތަކެއް ކުރެވިފައެވެ. އަދި މިހާރުވެސް އެ ސަރަހައްދުގައި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށް ބެލެވުނު ނަމަވެސް، ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކުން މިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ އެންމެ މުހިންމު އެއް މަގު ކަމުގައިވާ ބާބުލް މަންދަބު ކަނޑުއޮޅި ކައިރީގައިވާ ސޯމާލީލޭންޑުގެ ބޭނުން ހިފުމެވެ. ރަތް ކަނޑާއި އަދަން ކަނޑުއޮޅި ގުޅުވައިދޭ މި މަގަކީ ދުނިޔޭގެ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދިނުމުގައި ނުހަނު މުހިންމު ދައުރެއް އަދާކުރާ ސަރަހައްދެކެވެ.
މާހިރުން ދެކޭގޮތުގައި، މި ސަރަހައްދުގައި އިސްރާއީލުގެ ނުފޫޒު ގަދަވުމަކީ މެދުއިރުމަތީގެ މަސްލަހަތު ގޯސްވަމުންދާ މިދަނޑިވަޅުގައި، ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި ޖާސޫސީ މަޢުލޫމާތު އެއްކުރުމަށް އިސްރާއީލުން ކުރާ މަސައްކަތެކެވެ. ޚާއްޞަކޮށް ޔަމަނުގެ ހޫޘީން އިސްރާއީލާ ގުޅުންހުރި އުޅަނދުފަހަރަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން މި ސަރަހައްދުގެ މުހިންމުކަން ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން ބެރްބެރާގެ ބަނދަރާއި އެއާޕޯޓަކީ ސަރަހައްދީ ވިޔަފާރިއާއި ސަލާމަތީ ގޮތުން ނުހަނު މުހިންމު ތަންތަނަށް ވާއިރު، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިންވެސް ދަނީ ގިނަ އަހަރުތަކެއް ވަންދެން މި ސަރަހައްދުގައި އެގައުމުގެ އަސްކަރީ އަދި އުމްރާނީ މަސްލަހަތުތައް ދަމަހައްޓަމުންނެވެ.
ސޯމާލިއާގެ ރައީސް ހަސަން ޝެއިޚް މަހުމޫދު ވަނީ އިސްރާއީލާއި ސޯމާލީލޭންޑާ ދެމެދު އޮންނަ އަސްކަރީ ގުޅުމުގެ ސަބަބުން ސޯމާލިއާއަށާއި މުޅި ސަރަހައްދުގެ ސަލާމަތަށް އާ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. ރައީސް މަހުމޫދު ހާމަކުރެއްވި ގޮތުގައި، އިސްރާއީލުން ކުރިން ސޯމާލިއާގެ ފެޑަރަލް ސަރުކާރާ ޚާރިޖީ ގުޅުން ގާއިމުކުރުމަށް އެދުނު ނަމަވެސް، ސިޔާސީ، ދީނީ އަދި އިންސާނީ ސަބަބުތަކަށްޓަކައި މޮގަދިޝޫއިން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސޯމާލިއާގެ ސަރުކާރުން އެއްބަސްނުވުމުން އިސްރާއީލުން ދެން އަމާޒުހިފީ 1991 ވަނަ އަހަރުން ފެށިގެން މިނިވަންކަން ހޯދުމަށް މަސައްކަތްކުރަމުންދާ ސޯމާލީލޭންޑާ ގުޅުން ބަދަހިކުރުމަށެވެ. އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި އިސްރާއީލުގެ މި ޝައުގުވެރިކަމަކީ ސޯމާލީލޭންޑުގެ މިނިވަންކަމަށް އެހީތެރިވުމަށްވުރެ ބޮޑަށް، އަމިއްލަ ސަލާމަތީ މަސްލަހަތުތަކެއް ހާސިލުކުރުމަށް ކުރާ ކަމެކެވެ.
މިދިޔަ އަހަރު އިސްރާއީލުން ވަނީ ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތް އދ. ގެ ފުރަތަމަ މެންބަރު ގައުމަށް ވެފައެވެ. އޭގެ ފަހުން ދެފަރާތުގެ މެދުގައި ޚާރިޖީ މިޝަންތައް ގާއިމުކުރުމާއި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ކުރިއެރުންތަކާ ގުޅިގެން ތަފާތު ޚިޔާލުތައް ވަނީ އުފެދިފައެވެ. ސޯމާލިއާގެ ފެޑަރަލް ސަރުކާރާއި އިސްލާމީ ގައުމުތަކުން މި ގުޅުމަށް ފާޑުކިޔަމުންދާއިރު، ސޯމާލީލޭންޑުގެ ބައެއް އިސްވެރިން ދެކޭގޮތުގައި މިއީ ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުގެ މަގާމު ވަރުގަދަކުރުމަށް ލިބޭ ފުރުސަތެކެވެ. ނަމަވެސް، ސޯމާލީލޭންޑުގެ އެތެރޭގައިވެސް، މިފަދަ ގުޅުމެއްގެ ސަބަބުން ސަރަހައްދީ ނުތަނަ ވަސްކަން އިތުރުވެ، ދުރުރާސްތާގެ ޚާރިޖީ ސިޔާސަތަށް ބުރޫއަރާފާނެތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މަޝްވަރާތައް ކުރިއަށްދާކަމުގެ ޚަބަރުތައް ފެތުރެމުންދާއިރު، ހޯން އޮފް އެފްރިކާގެ ހާލަތު ދިރާސާކުރާ ފަރާތްތަކުން ބަލަމުންދަނީ، މި އުފެދެމުންދާ ގުޅުމަކީ ސޯމާލީލޭންޑުގެ ބޯޑަރުން ބޭރަށް ނުފޫޒު ފޯރާނެ ފަދަ ވަރުގަދަ ސަލާމަތީ އިއްތިހާދަކަށް ބަދަލުވެގެން ހިނގައިދާނެތޯއެވެ.

COD
ކިޔުންތެރިންގެ ހިޔާލު