ލޭ ހަދިޔާކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ޚާއްޞަ ޑިޖިޓަލް ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިއަހަރުގެ ތެރޭގައި އެ ނިޒާމް އިފްތިތާޙް ކުރާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
އޭނާ މިކަން ހާމަކުރެއްވީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވި ގޮތުގައި، މިފަދަ ޑިޖިޓަލް ނިޒާމެއް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ލޭ ހަދިޔާކުރާ ފަރާތްތަކާއި، ލޭ ބޭނުންވާ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން އަވަސްކޮށް، ދެފަރާތަށްވެސް ބޮޑު ލުޔެއް ހޯދައިދިނުމެވެ. އަދި މީގެ އިތުރުން، 'ވަންގަވް' ޕޯޓަލް މެދުވެރިކޮށް ތެލަސީމިއާ ކުދިންގެ ރަޖިސްޓްރީ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް މިހާރު ޤާއިމްކޮށްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސީއީއޯގެ ވާހަކަފުޅުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތެލަސީމިއާ ކުދިންގެ ފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވިއެވެ. އެގޮތުން، މިއަހަރުގެ ފެބްރުވަރީ މަހުން ފެށިގެން ޑީއެންއޭ ލެބޯޓަރީގެ ޚިދުމަތް ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ތެލަސީމިއާ ސެންޓަރުގެ 35 އަހަރުވީ ތާރީޚުގައި ފުރަތަމަ ފަހަރަށް، ހުކުރު ދުވަސްދުވަހުވެސް ލޭ އެޅުމާއި ސެންޓަރުގެ އެހެނިހެން ޚިދުމަތްތައް ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.
ކުރިއަށް އޮތް ތަނުގައި ތަޢާރަފްކުރަން ހަމަޖެހިފައިވާ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، 2025 ވަނަ އަހަރުގެ ޖުލައި މަހު އެންޑޯކްރައިނޮލޮޖީގެ ޚިދުމަތް ފަށާނެ ކަމަށެވެ. އަދި އެ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ވިޒިޓިން ކޮންސަލްޓެންޓުންގެ އެހީތެރިކަމާއެކު ހިމޮޓޮލޮޖީ، އެޗްއެލްއޭ ޓައިޕިން އަދި ބޯންމެރޯ ޓްރާންސްޕްލާންޓާ ގުޅޭ ޓެސްޓުތައް ހެދޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
ލޭ ހަދިޔާކުރުމަކީ އެއްވެސް އަމިއްލަ އެދުމެއްނެތި އަނެކާގެ ފުރާނަ ސަލާމަތްކުރުމަށް ކޮށްދޭ މަތިވެރި އިންސާނީ ޚިދުމަތެއްކަން ފާހަގަކުރައްވައި، ލޭ ހަދިޔާކުރާ ވަކިވަކި ފަރުދުންނާއި، މިކަމަށް އެހީތެރިކަން ފޯރުކޮށްދޭ ރިސޯޓްތަކަށް ސީއީއޯ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ތެލަސީމިއާ ކުދިންނަށް އިތުބާރު ހިފޭ ނިޒާމެއްގެ ދަށުން ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

SEN
ކިޔުންތެރިންގެ ހިޔާލު