ލޯކަލް ކައުންސިލަރުންގެ މުސާރަ މިހާރު ހުރި މިންވަރާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވިސްނުން ހުރި ގޮތް ބެލުމަށްޓަކައި ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
މި ގަރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރާއްޖެ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ބަޔަކީ ކައުންސިލަރުން ކަމުގައި ވިޔަސް، ގާނޫނަށް ގެނައި އިސްލާހުތަކާ އެކު އެ މީހުންގެ ޒިންމާތަކާއި މަސައްކަތުގެ ބުރަކަން ވަރަށް ބޮޑުވެފައިވާ ކަމަށެވެ.
އެހެންކަމުން، މިހާރު ލިބޭ މުސާރައަކީ އެ މަސައްކަތާ އެކަށޭނަ މިންވަރެއް ނޫން ކަމަށް މި ގަރާރުގައި ބުނެފައިވެ އެވެ.
މުސާރައިގެ ތަފާތުތަކަށް އަލިއަޅުވާލަމުން ގަރާރުގައި ބުނެފައިވަނީ، ކައުންސިލް ރައީސްގެ މުސާރަ، އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަށް ވުރެ ވެސް ކުޑަ ކަމަށެވެ.
ހަމައެފަދައިން، ކައުންސިލްގެ ނައިބު ރައީސްގެ މުސާރަ ކައުންސިލްގެ އެގްޒެކެޓިވް މަގާމުތަކަށް ވުރެ ކުޑަވެފައި، އާންމު ކައުންސިލަރުންގެ މުސާރަ އެ ކައުންސިލްތަކުގެ ބައެއް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ވުރެ ދަށްކަން ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ރައްޔިތުންގެ ވޯޓުން އިންތިހާބުވެފައި ތިބޭ ފަރާތްތަކުގެ މުސާރަ، ސަރުކާރުން އައްޔަންކުރާ ސިޔާސީ މަގާމުތަކުގައި ތިބޭ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ މުސާރައަށް ވުރެ ކުޑަވުމަކީ، އިންތިހާބީ އޮފިޝަލުންގެ ބާރުވެރިކަމަށް އުނިކަން ލިބޭ ކަމެއް ކަމަށް ވެސް މި ގަރާރުގައި މީކާއީލް ވަނީ ފާހަގަކުރައްވައިފަ އެވެ.

TUN
CPV
EGY
ކިޔުންތެރިންގެ ހިޔާލު