އެމްޑީޕީގެ ޗެއަރޕާސަން އިލެކްޓް ރައީސް މުޙައްމަދު ނަޝީދުގެ ދަޢުވަތަކަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް އެމްޑީޕީ އޮފީހަށް ވަޑައިގެން ދެ ބޭފުޅުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފިއެވެ.
އެމްޑީޕީން މިއަދު ބުނީ، އެމްޑީޕީގެ ޗެއަރޕާސަން އިލެކްޓް ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް އާއި ބައްދަލު ކުރަށްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް އެމްޑީޕީން ހާމަކޮށްފައެއް ނުވެއެވެ.
މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ މީކާއިލް ކުރެއްވި މަސައްކަތަށް ސާބަސް ދެއްވައި، ކެމްޕެއިންގައި ވަރަށް ރަނގަޅު "ފައިޓެއް" ދެއްވިކަން ފާހަގަ ކުރަށްވާފައެވެ.
ރައީސް ނަޝީދާއި މީކާއީލް މިއަދު ބައްދަލު ކުރަށްވާފައިވާއިރު، ރައީސް ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދާއި، އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަލްއުސްތާޛް އަޙްމަދު މައުރޫފާއި ވެސް ރައީސް ނަޝީދު ބައްދަލު ކުރަށްވާފައިވެއެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޮޑު ތަފާތަކުން ރައީސް ނަޝީދު ކާމިޔާބުކުރެއްވީ މީކާއީލާއި ވާދަ ކުރެއްވުމަށް ފަހުގައެވެ. ހުކުރު ދުވަހު ބޭއްވި އިންތިހާބު ރައީސް ނަޝީދު ކާމިޔާބުކުރެއްވީ 68.9 ޕަސަންޓު ވޯޓުންނެވެ. އެއީ ވޯޓުލީ 30،895 މީހުންގެ ތެރެއިން 21،301 މީހުންގެ ވޯޓެވެ. އެމަނިކުފާނާ ވާދަކުރެއްވި މީކާއީލަށް ލިބިވަޑައިގަތީ 30 ޕަސަންޓު ވޯޓެވެ.
އިންތިހާބަށްފަހު މީކާއީލާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ޕާޓީގެ މަސައްކަތްތަކުގައި އެކުގައި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި އިއްޔެ ވަނީ ޕާޓީގެ އިދާރީ މުވައްޒަފުންނާ ބައްދަލުކުރައްވައި ޕާޓީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް އޮޅުންފިލުއްވައިފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިލެކްޓް ރައީސް @MohamedNasheed އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު @MickailNaseem އާއި ބައްދަލު ކުރައްވައިފި. pic.twitter.com/SPwqNd3dxX
— MDP Secretariat (@MDPSecretariat) June 14, 2026
ރައީސް ނަޝީދާއި މީކާއީލް މިއަދު ބައްދަލު ކުރަށްވާފައިވާއިރު، ރައީސް ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދާއި، އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަލްއުސްތާޛް އަޙްމަދު މައުރޫފާއި ވެސް ރައީސް ނަޝީދު ބައްދަލު ކުރަށްވާފައިވެއެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޮޑު ތަފާތަކުން ރައީސް ނަޝީދު ކާމިޔާބުކުރެއްވީ މީކާއީލާއި ވާދަ ކުރެއްވުމަށް ފަހުގައެވެ. ހުކުރު ދުވަހު ބޭއްވި އިންތިހާބު ރައީސް ނަޝީދު ކާމިޔާބުކުރެއްވީ 68.9 ޕަސަންޓު ވޯޓުންނެވެ. އެއީ ވޯޓުލީ 30،895 މީހުންގެ ތެރެއިން 21،301 މީހުންގެ ވޯޓެވެ. އެމަނިކުފާނާ ވާދަކުރެއްވި މީކާއީލަށް ލިބިވަޑައިގަތީ 30 ޕަސަންޓު ވޯޓެވެ.
އިންތިހާބަށްފަހު މީކާއީލާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ޕާޓީގެ މަސައްކަތްތަކުގައި އެކުގައި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި އިއްޔެ ވަނީ ޕާޓީގެ އިދާރީ މުވައްޒަފުންނާ ބައްދަލުކުރައްވައި ޕާޓީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް އޮޅުންފިލުއްވައިފައެވެ.

TUR
CUW
JPN
ކިޔުންތެރިންގެ ހިޔާލު