އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި ފޯރިގަދަ އިންތިހާބު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު 2:30 އިން ފެށިގެން ކުރިއަށްދިޔަ މި ވޯޓުލުމަށްފަހު، މިހާތަނަށް ގުނާފައިވާ ގިނަ ފޮށިތަކުގެ ނަތީޖާ ދައްކާގޮތުން ރައީސް ނަޝީދު އުޅުއްވަނީ ވާދަވެރިންނަށްވުރެ މާ ކުރީގައެވެ.
"ބޮޑު ބަދަލު" ކެމްޕެއިނުން ކާމިޔާބީ އިއުލާނުކޮށްފި
ނަތީޖާތަކުން ބޮޑު ކުރިއެރުމެއް ލިބެމުންދާތީ، ރައީސް ނަޝީދުގެ "ބޮޑު ބަދަލު" ކެމްޕެއިން ޓީމުން މިހާރު ވަނީ ރަސްމީކޮށް ކާމިޔާބީ އިއުލާނުކޮށްފައެވެ.
ފައްޔާޒު އިސްމާއީލްގެ މަރުހަބާ:
ރައީސް ނަޝީދުގެ ކެމްޕެއިނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، ކާމިޔާބީ ފާހަގަކުރައްވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މިރޭ 9:00 އާ ހަމައަށް ވަނީ އިތުރުކޮށްފައެވެ. ކުރިން ނިންމާފައިވަނީ ރޭގަނޑު 8:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުންނާއި ދިމާވި އެކި ދަތިތަކާ ހުރެ ބައެއް ފޮށިތަކުގެ ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެން، ޕާޓީން ވަނީ ވޯޓުލާ ވަގުތު އިތުރުކުރަން ނިންމާފައެވެ.
މި އިންތިހާބުގައި ޖުމްލަ 241 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން، ސްރީލަންކާގައިވެސް ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.

CZE
BIH
PAR
ކިޔުންތެރިންގެ ހިޔާލު