ފާފު އަތޮޅު ނިލަންދޫއަށް ދިގު މުއްދަތެއްގައި ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި، އެ ރަށު އަތިރީގޭ އަޙްމަދު މޫސާ (ކަތީބު ދޮންބެ) އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ކަތީބު ދޮންބެ އަވަހާރަވީ ޢުމުރުފުޅުން 100 އަހަރުގައެވެ.އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން، މިއަދު މެންދުރު ފަހު 3:08 އެހާކަންހާއިރު ކަތީބުދޮންބެ އަވަހާރަވީ ނިލަންދޫ ހޮސްޕިޓަލުގައެވެ. އަވާހަރަވިއިރު އޭނާގެ ހުރިހާ ކުދިން ވެސް ތިބީ އެ ރަށުގައެވެ.
ރައީސް ޑރ.މުޢިއްޒު ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، ނިލަންދޫގެ ކަތީބުކަމުގެ މަޤާމުގައި ހުންނަވައިގެން އެ ރަށަށް ކަތީބު ދޮންބެ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި، އެ މަރްޙޫމުގެ ކިބައިން ފެނުނު އަމާނާތްތެރިކަމާއި، ހިތްޕުޅުހެޔޮކަމަކީ މުޅި ދިވެހިރާއްޖެއަށްވެސް ހުރި ރީތި ނަމޫނާއެއް ކަމަށެވެ. އަދި އެއީ އެތައް މަސައްކަތެއް ކުރެއްވުމުގެ ހުނަރު ލިބިވަޑައިގެންފައިވާ، މުރާލި އަދި ހަރުދަނާ ޝަޚްޞިއްޔަތެއްގެ ވެރިއެއްކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ޤައުމީ ފެންވަރުގެ ޚިދުމަތްތެރިއެއް
ކަތީބު ދޮންބެއަކީ ރަށު ފެންވަރުގައާއި ޤައުމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ރެކޯޑެއް އޮތް ބޭފުޅެކެވެ. ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު 1992 ވަނަ އަހަރު ކަތީބު ދޮންބެ ވަނީ ހާސިލުކުރައްވައިފައެވެ.
މަރްޙޫމުގެ އުފަން ދަރީންނާއި، ކާފަދަރީން އަދި މުނިކާފަ ދަރީންގެ ތެރޭގައިވެސް ޤާބިލު، ތަޢުލީމީ އަދި ޤައުމަށް ޚިދުމަތްކުރައްވާ އެތައް ބޭފުޅުންނެއް ތިއްބެވުމަކީ އެކަމަށްޓަކައި އެ މަރްޙޫމް ފަޚުރުވެރިވެވަޑައިގަންނަވާނެ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
"މިއީ ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އަޅުގަނޑަށް އިޙްސާސްވި ޚަބަރެއް،" ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރައީސް މެސެޖު ނިންމަވާލައްވާފައިވަނީ މަރްޙޫމް އަޙްމަދު މޫސާގެ ލޮބުވެތި ޢާއިލާއަށާއި ފ. ނިލަންދޫގެ ހުރިހާ ރައްޔިތުންނަށް އިޚުލާޞްތެރި ތަޢުޒިޔާ ދަންނަވަމުންނެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް އެ މަރްޙޫމަށް މިންވަރުކުރެއްވުމަށް އެދި ދުޢާކުރައްވަމުންނެވެ.
ކަތީބު ދޮންބެއަކީ ނިލަންދޫއަށް އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި މިހާރުވެސް ކުރަމުން އަންނަ ނުފޫޒުގަދަ ބޮޑު އާއިލާއެއްގެ ބަޠަލެކެވެ. ތިން ކައިވެންޏަކަށް އޭނާއަށް 15 ދަރިން ލިބިލައްވާފައިވާއިރު، އޭގެ ތެރެއިން 14 ކުދިން (9 ފިރިހެން ކުދިންނާއި 6 އަންހެން ކުދިން) ދުނިޔޭގައި އެބަތިއްބެވިއެވެ. އަދި އޭނާގެ ކާފަދަރިންނާއި، މުނިކާފަ އަދި ހޫރުކާފަ ދަރިންގެ ޖުމްލަ އަދަދު 200 އަށްވުރެ މައްޗަށް އަރައެވެ.

CZE
BIH
PAR
ކިޔުންތެރިންގެ ހިޔާލު