މިހާރު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާ މެދު، އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފިއެވެ.
މީކާއީލް ނެރުއްވި ނޫސް ބަޔާނެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ފ. ފީއަލީގައި ސައްހަ ނޫން ވޯޓާސް ލިސްޓެއް ބޭނުންކޮށްގެން ވޯޓުލުން ކުރިއަށްދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މީގެ އިތުރުން، ގދ. ފިޔޯރީގެ ވޯޓު ފޮށި ފަޅާލާފައި ވަނިކޮށްވެސް އެ ފޮށްޓަށް ވޯޓުލުން ކުރިއަށް ގެންދާ މައްސަލައަކީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރާފާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ކަންކަމަކީ އިންތިހާބުގެ އިންސާފުވެރިކަން ގެއްލިގެންދާނެ ކަންކަން ކަމަށް ބަޔާންކުރައްވައި، އިންތިހާބުގެ ކަންކަން ހާމަކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ޕާޓީގެ އިންތިހާބާބެހޭ ކޮމިޓީއަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މީކާއީލް އިތުރަށް ވިދާޅުވި ގޮތުގައި، މިހާތަނަށް ލިބިފައިވާ ތަފާސްހިސާބުތަކުން އޭނާ އުޅުއްވަނީ އިންތިހާބުގެ ކުރީގައެވެ. އަދި ވީހާވެސް ގިނަ އެމްޑީޕީ މެންބަރުން މި އިންތިހާބުގައި ބައިވެރިވެ، ވޯޓުލުމުގެ ހައްގު އަދާކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
މި އިންތިހާބުގައި މީކާއީލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މީކާއީލްގެ ކަންބޮޑުވުންތަކާ ހިލާފަށް، ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިންތިހާބުގެ އިންތިޒާމުތައް ފެންނަނީ ވަރަށް ފުރިހަމަކޮށް ކަމަށެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50,176 މީހުންނަށް ލިބިފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 241 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. ރާއްޖޭން ބޭރުގައި ވޯޓުލުން ކުރިއަށްދަނީ ހަމައެކަނި ސްރީލަންކާގައެވެ.

CZE
BIH
PAR
ކިޔުންތެރިންގެ ހިޔާލު