ރައީސް ޞާލިޙާއި، މީކާއީލް
ރައީސް ޞާލިޙާއި، މީކާއީލް
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކެންޑިޑޭޓް މީކާއީލް އާއި ރައީސް ޞާލިޙް ވޯޓު ލައްވައިފިއެވެ.

ވޯޓު ލެއްވުމަށްފަހު މީކާއީލް ނަސީމް ވިދާޅުވީ، އިންތިޚާބާ ގުޅިގެން މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށާއި، އެ ޝަކުވާތައް އިންތިޚާބު ކޮމިޓީއަށް ހުށައަޅާފައިވާ ކަމަށެވެ. އަދި މިހާރު ތަފާސްހިސާބު ދައްކާގޮތުން ކުރީގައި އުޅެނީ އޭނާ ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރުފަހު 2:30 ގައެވެ. ވޯޓުލުން މިރޭ 8:30 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.



އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ތިން ކެންޑިޑޭޓުން ވާދަކުރަށްވައެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އިބްރާހީމް މުޙައްމަދު (ވާޑޭ) ގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.

މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެއެވެ. މިއަދުގެ އިންތިހާބުގައި ވޯޓުލުމަށް 241 މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމް ފުރުއްވާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދާއި އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި ރީކޯ މޫސާ މަނިކާއި އަލީ ވަހީދާއި އަލްއުސްތާޛު ހަސަން ލަތީފް އާއި އަލްއުސްތާޛު ފައްޔާޒް އިސްމާޢީލް ހިމެނި ވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު