އީރާނަށް މިރޭ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ މީސްމީޑިއާ ޕްލެޓްފޯމް "ޓްރުތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާދުރެއް ނޫން މުސްތަގުބަލެއްގައި އީރާނުގެ ޚާރްގް ރަށާއި ތެލުގެ އެހެނިހެން އިންފްރާސްޓްރަކްޗާތައް ހިފައި، އެ ގައުމުގެ ތެލާއި ގޭހުގެ މާކެޓްތައް އެމެރިކާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންނަވާނެ ކަމަށެވެ. އަދި އީރާނާ މެދު ކަންތައް ކުރައްވާނީ މީގެ ކުރިން ވެނެޒުއެލާއާ މެދުވެސް އަމަލުކުރެއްވި ގޮތަށް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"މާ ދުރު ނޫން މުސްތަގްބަލެއްގައި، އަޅުގަނޑުމެން ޚާރްގް ރަށާއި ތެލުގެ އެހެނިހެން އިންފްރާސްޓްރަކްޗަ ޕޮއިންޓްތައް ހިފައި، ވެނެޒުއެލާއާ މެދު ކަންތައް ކުރި ފަދައިން، އެ ގައުމުގެ ތެލާއި ގޭހުގެ މާކެޓްތައް އެއްކޮށް ކޮންޓްރޯލް ކުރާނަން،" ޓްރަމްޕް ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، އީރާނުގެ އަސްކަރިއްޔާގެ ބާރުތަކާއި ގާބިލުކަން މިހާރު ނައްތާލެވިފައިވާ ކަމަށް ވިދާޅުވެ، ޓްރަމްޕް ކުރިން ދައްކަވަމުން ގެންދެވި ވާހަކަފުޅުތައް މި ޕޯސްޓުގައިވެސް އޭނާ ވަނީ ތަކުރާރު ކުރައްވާފައެވެ.

RSA
CZE
ކިޔުންތެރިންގެ ހިޔާލު