އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ހިންގި ތަހުގީގަކީ ސިޔާސީ ނުފޫޒެއް އޮތް ނުވަތަ ވަކި ނަތީޖާއެއް ނެރުމަށް ރާވައިގެން ހިންގާފައިވާ ތަހުގީގެއް ނޫން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ 2026 ޖޫން 9 ވަނަ ދުވަހު ޝަމްޢާން މީޑިއާތަކާ ބައްދަލުކޮށް، ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން ކުރި ތުހުމަތުތަކަށް ރައްދު ދިނުމުގެ ގޮތުން ނެރުނު ނޫސް ބަޔާނެއްގައެވެ.
ފުލުހުން ބުނީ، ޝަމްޢާން ވަޙީދާއި އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދައި، މަނީ ލޯންޑަރިންގެ ޢަމަލުތައް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. މި މައްސަލައިގެ ތަހުގީގު 2025 މާރިޗު 21 ގައި ފެށުމާއެކު، އެކި ފަހަރު މަތިން މީޑިއާއަށް މަޢުލޫމާތު ދީ، 2025 މޭ 13 ގައި ތަފްސީލީ ބްރީފިންގއެއް ވެސް ބާއްވާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ތަހުގީގަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު، 2025 މާރިޗު 11 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަންގެ ހުރިހާ ތަފްސީލެއް ޝަމްޢާނަށް އެނގޭކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އޭގެ ހަފުތާއެއް ކުރިން އޭނާގެ އޮފީހުގައި އެކަމާ ގުޅޭ މަޝްވަރާތައް ބޭއްވިކަން ވެސް އެނގޭ ކަމަށް ފުލުހުން ބުންޏެވެ. ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ރޭ، އޭގެ ތެރެއިން އެކަކު ދޫކޮށްލުމަށް ޝަމްޢާން އިރުޝާދު ދެއްވި ކަމަށާއި، އެކަން ކޮށްފައިވަނީ ސްޕޮންސަރުގެ ނަމުގައި ފޮނުވި އީމެއިލް ސިޓީއެއް "އަވަސް މައްސަލައެއް"ގެ ގޮތުގައި ބަލައިގެން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން، އެ ބިދޭސީ މީހާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން 500،000 (ފަސްލައްކަ) ރުފިޔާ ދިނުމަށް އެއްބަސްވެ، އެ ފައިސާ ހިފައިގެން އިމިގްރޭޝަންގެ ދެ މުވައްޒަފަކު ދަންވަރު 3:00 ހާއިރު ޝަމްޢާން ދިރިއުޅޭ އެޕާޓްމަންޓަށް ވަދެފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އޭގެ ޖެހިގެން އައި ދުވަހު ޝަމްޢާންގެ ދެ އެކައުންޓަކަށް ޖުމްލަ 259،837.35 ރުފިޔާ ޖަމާކޮށްފައިވާކަން ވެސް ފުލުހުން ފާހަގަ ކޮށްފައިވެއެވެ.
ޝަމްޢާންގެ ފޯނުގައި ކޮރަޕްޝަނުގެ ހެކި ހުރި ކަމަށް އޭނާ ބުނި ނަމަވެސް، މުޅި ތަހުގީގު މަރުހަލާގައި ވެސް ފޯނުގެ ލޮކް ކޯޑު ދީފައިނުވާތީ އެ ފޯނު ބެލުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިނިވަނެއްގެ ގޮތުގައި އުޅުނުއިރު ވެސް އެފަދަ އެއްވެސް މަޢުލޫމާތެއް ރަސްމީ އިދާރާއަކަށް އޭނާ ހިއްސާކޮށްފައި ނުވާކަން ފުލުހުން ފާހަގަކުރިއެވެ.
ފުލުހުންގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، މި މައްސަލައިގެ ހުރިހާ ނިންމުންތަކަކީ ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން މި މައްސަލައިގައި މިހާރު ހުކުމް އިއްވާފައިވާއިރު، ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އޮތް ހައްލަކީ އިސްތިއުނާފު ކުރުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މިހެން ބުނެފައިވާއިރު، މި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅައި ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. ނަމަވެސް ޝަމްޢާން ބުނެފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކަކީ އޭނާ ފްރޭމް ކުރުމަށްފަހު އުފުލާފައިވާ ދަޢުވާތަކެއް ކަމަށެވެ.

RSA
CZE
ކިޔުންތެރިންގެ ހިޔާލު