އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ އަސީރުންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އިސްރާއީލުން ގަސްތުގައި އިހުމާލުވެފައި ވާތީ، މީގެ ސަބަބުން އެމީހުންގެ ސިއްހީ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާ ކަމަށް ބުނެ ފަލަސްތީނުގެ "ޕްރިޒަނާސް މީޑިއާ އޮފީހުން" ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެ އޮފީހުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ގަނޮޓް ޖަލުގައި ތިބި އަސީރުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދަތުގެ ބަލިތަކަށް ބޭނުންވާ އެކަށީގެންވާ ފަރުވާ ނުލިބުމެވެ. މިފަދަ އިހުމާލުތަކަކީ އަސީރުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދިނުމަށް ހިންގާ އުސޫލީ މަސައްކަތެއްގެ ގޮތުގައި އެ ފަރާތުން ސިފަކުރެއެވެ.
ޖަލުތަކުގެ ހާލަތު އިތުރަށް ގޯސްވެފައިވާކަން ހާމަކުރަމުން، ފަލަސްތީނުގެ އަސީރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެފައިވަނީ، އޯފަރ، އަލް-ނަގަބް އަދި މެގިއްޑޯ ފަދަ ޖަލުތަކުގައި ހަމުގެ ބަލިތައް، ހާއްސަކޮށް "ސްކޭބީޒް" (ގަބުރުގަނޑު ބަލި) ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށެވެ. މި ބަލިމަޑުކަން ފެތުރެން މެދުވެރިވަނީ ޖަލުތައް މިންވަރަށްވުރެ ބޮޑަށް ތޮއްޖެހިފ، ސާފުތާހިރުކަމުގެ މިންގަނޑުތައް ދަށްވެ އަދި އަސީރުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ގަސްތުގައި ހުއްޓުވާފައިވާތީކަމަށެވެ.
ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި ދުނިޔޭގެ ސިއްހީ އިދާރާތަކަށް މިކަމުގައި ވަގުތުން ވަދެގަތުމަށް ގޮވާލާފައެވެ. އަދި އިސްރާއީލުގެ އިދާރާތަކަށް ބާރުއަޅައި، އަސީރުންނަށް ބޭނުންވާ އަސާސީ ބޭސްފަރުވާ ފޯރުކޮށްދިނުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް އަސީރުންނާ މެދު އަމަލުކުރުމަށް މަޖުބޫރުކުރުވުމަށް ވެސް ވަނީ އެދިފައެވެ.
މި ނުރައްކާތެރި ހާލަތަކީ ފަލަސްތީނުގެ އަސީރުންނާ މެދު އިސްރާއީލުން ޒަމާނުއްސުރެ ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ތެރެއިން ބައެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. ބައިނަލްއަގުވާމީ މުޖުތަމައުން މިކަމުގައި ފިޔަވަޅެއް ނާޅައިފިނަމަ، ޖަލުތަކުގައި ތިބި އެތައް ސަތޭކަ ބައެއްގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.

RSA
CZE
ކިޔުންތެރިންގެ ހިޔާލު