އެމްޑީޕީގެ ޗެއާޕަސަން އިންތިޚާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ކެމްޕޭން ނުކުރަށްވާކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
މޭޔަރު އާތިފް މިހެން ވިދާޅުވީ، އޭނާ އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އިތުރުން ޗެއާޕާސަން ކަމަށް ކުރިމަތި ލަށްވާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ފެންނަ ފޮޓޯއެއް ހިމަނައި، މޭޔަރު އާތިފް މީކާއީލަށް ތާއީދު ކުރަށްވާފައިވާކަމަށް ބުނެ އޮންލައިން ނޫހަކުން ޝާއިޢުކުރި ޚަބަރަކާ ގުޅިގެންނެވެ.
އެ ޚަބަރަށް ކުރެއްވި ކޮމެންޓެއްގައި މޭޔަރު އާތިފް ވިދާޅުވެފައި ވަނީ އޭނާ ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާކަން އެއްވެސް ތަނެއްގައި ހާމަކޮށްފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާ ވާހަކަ ހާމަކޮށްފައި ނުވާނެ ވާހަކަ އިހްތިރާމާއިއެކު ދަންނަވަން. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭނުގައި ހަރަކާތްތެރި ނުވާ ވާހަކަވެސް ދަންނަވަން،" އާތިފް ވިދާޅުވެފައިވެއެވެ.
މޭޔަރު އާތިފް މިހެން ވިދާޅުވެފައިވާއިރު، އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭން ފޯރިއާއެކު މިހާރު ދަނީ ކުރިއަށެވެ.
އެމްޑީޕީ ޗެއާޕާސަން ކެންޑިޑޭޓް މީކާއީލް އިއްޔެ ވަނީ ކުޅުދުއްފުށީ ސިޓީގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ކުޅުދުއްފުށީގެ މޭޔަރު ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވި ނަމަވެސް، އެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ (ރޯޒޭ) އާއި ކައުންސިލަރު ރިލްވާން މުހައްމަދު (ރިލޭ) ތާއީދުކުރަށްވަނީ ޗެއާޕާސަން ކެންޑިޑޭޓް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށެވެ.

ކިޔުންތެރިންގެ ހިޔާލު