ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓު ނުވަތަ އެކްސްޕޯޓު ކުރާ ކާބޯތަކެތި ގޯސްކޮށް ލޭބަލްކުރާނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް އާ ގަވާއިދެއް އެކުލަވައިލައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ގެޒެޓުކުރި "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު" ގެ މައިގަނޑު މަގްސަދަކީ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި ވަކި މިންގަނޑުތަކެއް ކަނޑައަޅައި، އެކަމަށް އަމަލުނުކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމެވެ. މި ގަވާއިދުގެ ދަށުން، ލޭބަލް ނުކޮށް ނުވަތަ އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްގެން މުދާ ވިއްކުމަކީ މަނާ ކަމެކެވެ.
މި ގަވާއިދުގައި ކާބޯތަކެތި ބަންދުކުރަން ޖެހޭ މިންގަނޑުތައް ވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ކާބޯތަކެތި ބަންދުކުރަން ޖެހޭނީ ހަމައެކަނި ފުޑް ގްރޭޑް މެޓީރިއަލްއަކުންނެވެ. އަދި ބަންދުކުރަން ބޭނުންކުރާ މެޓީރިއަލްއަކީ މުއްދަތު ހަމަވުމުގެ ކުރިން ހަލާކުވާ ނުވަތަ ކާބޯތަކެއްޗަށް ނޭދެވޭ ބަދަލެއް އަތުވެދާނެ އެއްޗަކަށް ވެގެން ނުވާނެއެވެ. ހަމައެއާއެކު އެއްފަހަރު ބޭނުންކުރުމަށް ފަހު އުކައިލާ ޕެޓު ފުޅި ފަދަ ތަކެތީގައި ކާބޯތަކެތި ބަންދުކުރުމަކީ މަނާ ކަމެކެވެ.
މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި، ލައިސެންސް ހިފެހެއްޓުން ނުވަތަ ބާތިލުކުރުން ހިމެނެއެވެ. އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން ވިއްކައިފި ނަމަ 10،000 ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ލޭބަލްކުރުމުގެ މިންގަނޑާ ހިލާފުވެއްޖެ ނަމަ 10،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުން ޖޫރިމަނާ ކުރެވޭއިރު، ފަސް ފަހަރަށް ވުރެ ގިނައިން ކުށް ތަކުރާރުކޮށްފި ނަމަ 1 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ލައިސެންސް ބާތިލުކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.
މީގެ އިތުރުން، ބަންދުކުރުމުގެ މިންގަނޑާ ހިލާފުވާ ނަމަ 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުން ޖޫރިމަނާ ކުރެވޭނެއެވެ. ކުށުގެ ސީރިއަސް ކަމަށް ބަލައި ފުރަތަމަ ފަހަރު ވެސް އެންމެ ބޮޑު އަދަދުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އޮތޯރިޓީއަށް އޮންނާނެއެވެ. އަދި އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ނަމަ، އެ ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާ ވެސް އުފުލޭނެއެވެ.
މި އާ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކުރިން ޢަމަލުކުރަމުން އައި "ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑު" ވަނީ އުވިފައެވެ. ނަމަވެސް، މިހާރު ބަންދުކޮށް ލޭބަލްކޮށްފައިވާ ތަކެތި އާ މިންގަނޑަށް ފެއްތުމަށްޓަކައި ހަ މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު