ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ، ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 8.49 ކިލޯ ހުރި ކަމަށެވެ. ތަހުލީލުތަކުން އެނގިފައިވާ ގޮތުގައި މިތަކެތީގެ ބާވަތަކީ ހަޝިޝް އޮއިލްއެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީގެ އަގު 6 މިލިއަން ދިވެހި ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
މިއީ ރާއްޖެއަށް އެތެރެކުރަން އުޅުނު ބޮޑު ޝިޕްމަންޓެއް ނަމަވެސް، މި ތަކެތި ރާއްޖެއަށް ގެނައީ ކޮން ގައުމަކުން ކަމެއް ކަސްޓަމްސްއިން އަދި ހާމައެއް ނުކުރެއެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު