އިންޑިއާގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވި ބޭފުޅެއްގެ ޝަރަފު އެޤައުމުގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޯއްދެވުމާ ގުޅިގެން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިއަދު އެކްސް (ކުރީގެ ޓުވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އިންޑިއާގެ ރައްޔިތުންގެ އުންމީދުތަކާއި ތަޞައްވުރުތައް ޙަޤީޤަތަކަށް ހެއްދެވުމަށް ބޮޑުވަޒީރު މޯދީއަށް ކުރާ އިތުބާރާއި ޔަޤީންކަން ހާމަކޮށްދޭ، ތާރީޚީ ގޮތުން ނުހަނު މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި ބޮޑުވަޒީރު މޯދީގެ ޒައާމަތުގައި އިންޑިއާއިން އިޤްތިޞާދީ، އިޖުތިމާޢީ އަދި ސިޔާސީ ދާއިރާއިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކަކީ އެމަނިކުފާނުގެ ކާމިޔާބު ލީޑަޝިޕްގެ ދިރިހުރި ހެއްކެއްގެ ގޮތުގައި ރައީސް ޞާލިޙް ސިފަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ޤައުމާ ގުޅޭގޮތުން ބަލާއިރު، ބޮޑުވަޒީރު މޯދީގެ ޒައާމަތުގައި ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ކުރިއަރައި، ބަދަހިވެފަ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޞާލިޙް ވަނީ ކުރިއަށް އޮތް އަހަރުތަކުގައިވެސް ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް އެކުވެރިކަމުގެ ބަދަހި ގުޅުން އިތުރަށް ވަރުގަދަވެގެން ދިއުމަކީ އެމަނިކުފާނުގެ އިޚްލާޞްތެރި އުންމީދެއް ކަމަށް ވިދާޅުވެފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުރުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޚާރިޖީ އަދި އިޤްތިޞާދީ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ގިނަގުނަ ތަރައްޤީގެ މަޝްރޫޢުތަކެއް ރާއްޖޭގައި ކުރިއަށްދިޔަކަން ފާހަގަކޮށްލެވެއެވެ.

Congratulations to Prime Minister @narendramodi on becoming India’s longest-serving Prime Minister.
— Ibrahim Mohamed Solih (@ibusolih) June 10, 2026
This is a truly historic milestone that reflects the enduring trust and confidence the people of India have placed in Prime Minister Modi as steward of their aspirations and…
"އަޅުގަނޑުމެންގެ ޤައުމާ ގުޅޭގޮތުން ބަލާއިރު، ބޮޑުވަޒީރު މޯދީގެ ޒައާމަތުގައި ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ކުރިއަރައި، ބަދަހިވެފަ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޞާލިޙް ވަނީ ކުރިއަށް އޮތް އަހަރުތަކުގައިވެސް ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް އެކުވެރިކަމުގެ ބަދަހި ގުޅުން އިތުރަށް ވަރުގަދަވެގެން ދިއުމަކީ އެމަނިކުފާނުގެ އިޚްލާޞްތެރި އުންމީދެއް ކަމަށް ވިދާޅުވެފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުރުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޚާރިޖީ އަދި އިޤްތިޞާދީ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ގިނަގުނަ ތަރައްޤީގެ މަޝްރޫޢުތަކެއް ރާއްޖޭގައި ކުރިއަށްދިޔަކަން ފާހަގަކޮށްލެވެއެވެ.

IRN
ކިޔުންތެރިންގެ ހިޔާލު