ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ ފްރެންޗައިޒް 'ދަމާލް' ގެ ހަތަރުވަނަ ފިލްމު 'ދަމާލް 4' ގެ ފުރަތަމަ ޕޯސްޓަރުތައް އެކްޓަރު އަޖޭ ދޭވްގަން ދައްކާލައިފިއެވެ.
މި ޕޯސްޓަރުތަކާއެކު ފިލްމަށް އިންތިޒާރު ކުރަމުންދާ ފޭނުންގެ މެދުގައި ވަނީ ބޮޑު ފޯރިއެއް އުފެދިފައެވެ.
އަޖޭ ދޭވްގަން އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ޕޯސްޓަރުތަކުގައި ފެންނަނީ ފިލްމުގެ މައިގަނޑު ކެރެކްޓާތަކެވެ. އޭނާ ލިޔެފައިވާ ގޮތުގައި މި އެންމެންގެވެސް އޮތީ އެއް އަމާޒެކެވެ. އެއީ ރަނުގެ މުއްސަނދިކަން ހޯދުމެވެ. މި ފިލްމަކީ ކުރީގެ ބައިތަކެކޭ އެއްގޮތަށް، މަޖާ ހާދިސާތަކާއި ބޮޑެތި އެޑްވެންޗަރުތަކެއް ފެނިގެންދާނެ ފިލްމެއްކަން ޕޯސްޓަރުތަކުން ކަށަވަރުވެއެވެ.
ފިލްމު ރިލީޒްކުރާ ތާރީޚާ މެދު ބައެއް ރިޕޯޓްތައް ބުނާގޮތުން، ފިލްމު ސިނަމާތަކަށް އަންނާނީ ޖުލައި 10 ގައެވެ. ކުރިން ޖުލައި 17 ގައި ރިލީޒްކުރަން އޮތް ނަމަވެސް، އެހެން ފިލްމުތަކަށް އަންނަ ބަދަލާ ގުޅިގެން ހަފްތާއެއް ކުރިން ފިލްމު ދައްކަން ނިންމާފައިވާ ކަމަށް ބޮލީވުޑް ހަންގާމާ އިން ރިޕޯޓްކުރެއެވެ.
މި ފިލްމަކީ 'ދަމާލް' ސީރީޒްގެ ހުރިހާ ބައިތަކެއް ޑައިރެކްޓްކުރި އިންދުރަ ކުމާރުގެ އުފެއްދުމެކެވެ. ފިލްމުގެ މައިގަނޑު ރޯލުތަކުން އަޖޭ ދޭވްގަންގެ އިތުރުން ރިތޭޝް ދޭޝްމުކް، އަރުޝަދު ވަރްސީ، ސަންޖޭ މިޝްރާ އަދި ޖާވިދު ޖެފްރީ ފެނިގެންދާނެއެވެ. މީގެ އިތުރުން ސަންޖީދާ ޝެއިޚް، އަންޖަލީ އާނަންދު އަދި ރަވީ ކިޝަން ފަދަ ތަރިންވެސް މި ފިލްމުން ފެންނާނެއެވެ.
އަޖޭ ދޭވްގަންގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، އޭނާގެ ކާމިޔާބު ފިލްމު 'ދްރިޝްޔަމް' ގެ ތިންވަނަ ބައިގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. 'ދްރިޝްޔަމް 3' ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު