ދިވެހިރާއްޖެ މިހާރު އޮތީ ބޮޑު ބަދަލަކަށް ނުވަތަ "ޖަމްޕެއް" ޖަހަން ތައްޔާރުވެފައި ކަމަށާއި، ނަމަވެސް އެ ޖަމްޕް ޖެހޭނީ އެމްޑީޕީގެ ބުރަކަށީގައި ފައި ވިއްދައިގެން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭނަށް ނ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރޭ އެ އަތޮޅު ވެލިދޫގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގެ ބައިވެރިންނާ މުޚާޠަބު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ މިވަގުތު އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށެވެ. ރާއްޖެ މިއަދު އޮތީ ބޮޑު ތަރައްޤީއެއްގެ ޖަމްޕެއް ޖަހަން ނުވަތަ އަނދަވަޅަކަށް ވެއްޓެން ތައްޔާރުވެފައި ކަމަށް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ބުރަކަށީގައި ފައި ވިއްދާ އަރައިގެން މެނުވީ ދިވެހިރާއްޖެއަށް ކުރިއަށް އޮތް ބޮޑު ފުންމުން (ޖަމްޕު) ނުގަނެވޭނެ ކަމަށެވެ.
"ދިވެހިރާއްޖޭގައި މިއޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގަ. އަޅުގަނޑުމެންނަށް އެބައޮތް ސަލާމަތުގެ އައްސޭރިއަކަށް ދެވެންވެސް، އަދި އަޅުގަނޑުމެންނަށް އެބައޮތް ޚަރާބުގެ މަގަށް ދެވެންވެސް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ފާހަގަކުރެއްވިގޮތުގައި ދިވެހިރާއްޖެ ސަލާމަތްކުރަން އޮތް ހަމައެކަނި މުއައްސަސާއަކީ އެމްޑީޕީއެވެ. އެގޮތުން އެމްޑީޕީއަކީ މީގެ ކުރިންވެސް ރާއްޖޭގެ ސިޔާސީ އަދި އިޖުތިމާޢީ މަސްރަޙު ބަދަލުކުރި ޕާޓީ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މި ރާއްޖެ ބަދަލުކުރާނީ މި ޕާޓީން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުރީގެ ދަތި ދުވަސްތަކުގެ ހަނދާންތައް އައުކުރައްވަމުން ނަޝީދު ވިދާޅުވީ، ވަކިވަކި ފަރުދުންގެ ގޮތުގައި ތިބެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ވެރިންގެ ކުރިމަތީގައި ބަސްބުނަން އުޅުމުން ލިބުނު އަނިޔާތަކާއި ޖަލުގޮޅީގެ ހަނދާންތައް ވެލިދޫގެ ގިނަ ރައްޔިތުންގެ ހަނދާނުގައި ހުންނާނެ ކަމަށެވެ. ނަމަވެސް، އެމްޑީޕީން އިސްނަގައިގެން ކުރިއަށްގެންދިޔަ ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ސަބަބުން ރާއްޖޭގެ ސަލާމަތްތެރިކަން އިތުރުވެ، ތަރައްޤީއާއި ތަނަވަސްކަމުގެ ފުރުސަތުތައް އިންތިހާއަށް ބޮޑުވެގެންދިޔަ ކަމަށް ނަޝީދު ވިދާޅުވިއެވެ.ވެލިދޫ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަޤާމަށް އެމަނިކުފާނަށް ވޯޓު ދެއްވުމަށް ރަށުގެ ރައްޔިތުންނާއި ޕާޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޮޑު ބަދަލު (ޖަމްޕު) ގެނެވޭނީ އެމްޑީޕީ ވަރުގަދަކޮށްގެން އަދި މި ޕާޓީ ބޭނުންކޮށްގެން ކަމަށެވެ. ޕާޓީގެ މެންބަރުން އެމަނިކުފާނަށް މި ބާރުވެރިކަން ދެއްވުމަކީ ކުރައްވާ ދުޢާއެއް އަދި އެދުމެއް ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު