ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު އަމަލުކުރައްވަމުން ގެންދަވާ ގޮތުން، އެމަނިކުފާނު މަގުފަހިކުރައްވަނީ ރައްޔިތުން ލައްވައި ވެރިކަން އިންގިލާބުކޮށްލަން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރެއްވުމަށް ހދ.އަތޮޅަށް ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށީ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ތަކުރާރުކޮށް ޒިޔާރަތްކޮށް، ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ މީހެއް ކަމަށެވެ. އަދި ރަށްރަށުގެ އަތިރިމައްޗަށް ރައްޔިތުން ނުކުމެ ސަލާމްކޮށް ހާލުބަލައި ހެދުމަކީ ބިރުދައްކައިގެން މަނާކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ނާތަހުޒީބު އަމަލެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަކުރެއްވިއެވެ.
" ޑރ.މުޢިއްޒު އެ ފަހިކުރައްވަނީ ދިވެހިރާއްޖެ އިންޤިލާބަކަށް ދިޔުމަށް، ރައީސް މައުމޫނު މިފަދަ ހިފެހެއްޓުންތައް ހިފަހައްޓަވަން ފެއްޓެވީމަ، އޭރުވެސް ދިވެހިރާއްޖެ އައި އިންގިލާބުގެ ތުންފަތް މައްޗަށް އަނެއްކާވެސް މިކަން މިހެން ކުރައްވަންޏާ، ހާއްސަކޮށް ހުވަދޫ އަތޮޅުގެ އެތައް ރަށަކުން ކިތަންމެ ބަޔަކު ސޯޅަ ސަތާރަ އަހަރު ވަޒީފާ އަދާކޮށްފަ ތިއްބާ (ވަޒީފާއިން ވަކިކުރަމުންދާ ދިއުން)، ރާއްޖޭގެ ކުރީގެ ރައީސެއް އަޅުގަނޑަކީ އަދި ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑު އޭގެ ރަށަކަށް ދިޔައީމާ އައިސްދާނެތާ ސަލާން ކޮށްލަން ކޮބާތޯ ހާލު ކިހިނެތްތޯ އަހާލަން އެ ދެން މާބޮޑު ފާފަ އަކަށް މިހަދަނީ ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރައީސް މުޢިއްޒުގެ ކިބައިގައި ވަފާތެރިކަމެއް ނެތްކަން ފާހަގަކުރައްވައި ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުކުރައްވާފައެވެ. އެގޮތުން، ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން، ހުސްގޮނޑިއެއް ދައްކަވައިގެން ކަމަށާއި، ނަމަވެސް ވެރިކަން ލިބިވަޑައިގަތުމާއެކު އެމަނިކުފާނަށް މަގުފަހިކޮށްދެއްވި ޣައްސާން މައުމޫން ފަދަ ބޭފުޅުން ދޫކޮށްލައްވައި ބޭވަފާތެރިވެވަޑައިގަތީ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރައީސް މުޢިއްޒުގެ މަގުބޫލުކަން ކުއްލިއަކަށް ގެއްލި، ރައްޔިތުންގެ ނަފުރަތު އަމާޒުވަމުންދަނީ އެމަނިކުފާނުގެ ކިބައިގައި ވަފާތެރިކަމާއި، ތެދުވެރިކަމާއި، އަދި އިހުލާސްތެރިކަމެއް ނެތުމުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު